އިންފްލެއެންޒާގެ ވައްތަރެއް ޖެހިގެން ރާއްޖެއިން މީހަކު މަރުވެ، ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލީ މިކަން ހާމަކޮށްފައި ވަނީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ މުހައްމަދު އަލީ އެކްސްގައި މިއަދު ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގައި "އޭ އެޗް1އެން1" ފެތުރޭތާ ހަފުތާތަކެއް ވެފައިވާ ކަމަށެވެ. އެ ބަލި ޖެހުމުގެ ސަބަބުން ނިއުމޯނިއާއަށް ހުށަހެޅުނު ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
Influenza A, H1N1 has been circulating in the Maldives for past few weeks.
— Dr. Mohamed Ali (@Moxamedalu) January 14, 2024
Currently 3 young adults are on ventilator due to Influenza pneumonia.
1 young adult has passed away due to it, within the past 30 days.
No, it’s very less likely to cause a pandemic.
1/2
"އެ ބަލި ޖެހިގެން 30 ދުވަހުގެ ތެރޭގައި އެކަކު ވަނީ މަރުވެފަ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ، އިންފްލެއެންޒާ ފެތުރުނު ނަމަވެސް، ޕެންޑަމިކަކަށް ބަދަލުވުން ދުރު ކަމަށެވެ. އަދި ހަމައެހެންމެ އިންފްލުއެންޒާ ޖެހި ފުރާނައަށް ނުރައްކާ ހިސާބަށް ދިއުމުން ރައްކާތެރިވުމަށް، ވެކްސިން ޖެހުން މުހިންމު ކަމަށްވެސް ޑރ މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ.