އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ހޯމް ލޭންޑް މިނިސްޓްރީން ހުށަހެޅި ގޮތަށް އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ހުޅުވާލީ އިއްޔެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ "ނޭޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު" ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.

އަދި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ނޭޝަނަލް ޑްރަގް އެޖެންސީއަށް ލިބިގެންވާ ކަަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައިވާގޮތުން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު 21 ޖެނުއަރީގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް އަޅަން ނިންމީ ނ. ވެލިދޫ އާއި ކ. ކާށިދޫ އާއި ލ. އަތޮޅުގައެވެ.

މިވަގުތު ރާއްޖޭގައި ތިން ރިހެބިލިޓޭޝަން ސެންޓަރެއް ސަރުކާރުން ހިންގަމުންދާއިރު އެ ސެންޓަރުތަކަކީ ކ. ހިންމަފުށީގައި ހިންގާ ތަނަކާއި ހުޅުމާލޭގެ ހާފްވޭ ހައުސް އަދި ވެރި ރަށް މާލޭގައި ހިންގާ ސެންޓަރެކެވެ.

މިއަދު އޮންލައިން