ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން، "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ގޮތް ހަދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން، "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ގޮތް ހަދައިފި

ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން، "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ގޮތް ހަދައިފިއެވެ.

މިދިޔަ ޖުލައިމަހު އިފްތިތާހު ކުރި "ވަންގަވް" ޕޯޓަލަކީ ސަރުކާރުގެ މުއައްސަސާތަކުގެ ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް އިފްތިތާހު ކުރި ޕޯޓަލެކެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސްކުރަން "ވަންގަވް" މެދުވެރިކޮށް ހުށަހެޅޭ ގޮތް ހަދާފައިވަނީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ފަސޭހަކަމާއެކު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. މި ޚިދުމަތް ދޭނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި، އެ ވުޒާރާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

"ވަންގަވް" ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމަށް އަދި ބަދަލު ގެނައުމަށް ވެސް ހުށަހެޅޭނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" މެދުވެރިކޮށް ހުށަހެޅޭނީ އީފާސް ބޭނުންކޮށްގެން ލޮގިން ކުރުމަށްފަހުއެވެ.

"ވަންގަވް" ޚިދުމަތަކީ އެއް ޕްލެޓްފޯމެއްގެ ތެރެއިން ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ޚިދުމަތްތައް އާއްމުންނަށް ލިބޭގޮތަށް ތައްޔާރުކުރައްވާފައިވާ ޕްލެޓްފޯމެކެވެ. 

މިއަދު އޮންލައިން