އެހެން އަހަރުތަކުގެ ރަމަޟާންމަހާ ޚިލާފަށް ބާޒާރުގައި ތަކެތީގެ އަގުތައް މިއަހަރު ކޮންޓްރޯލް ކުރެވިގެންދާނެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
އެހެން އަހަރުތަކުގެ ރަމަޟާންމަހާ ޚިލާފަށް ބާޒާރުގައި ތަކެތީގެ އަގުތައް މިއަހަރު ކޮންޓްރޯލް ކުރެވިގެންދާނެ

އެހެން އަހަރުތަކުގެ ރަމަޟާންމަހާ ޚިލާފަށް ބާޒާރުގައި ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވިގެންދާނެ އަހަރަކަށް މިއަހަރު ވާނެ ކަމަށް، ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި މައުލޫމާތު ދެއްވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި އެކަމަށް ޚާއްޞަ ވުޒާރާއެއްއުފައްދަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލް ވިދާޅުވީ، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ އެ ވުޒާރާގެ މައްޗަށް ހަފްތާ14 މަގުޗާޓުގައި ކުރުމަށް ލާޒިމު ކޮށްފައިވާ ކަމެއް ކަމަށެވެ. އެކަމާއި ގުޅޭ މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ފެށިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ރަމަޟާންމަހު އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި، އެތަކެތި ބޭނުންވާ މިންވަރު ދެނެގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާކެޓަށް ނެރެވެން ހުރި މިންވަރު ބަލައި އިތުރަށް ބޭނުންވާ މިންވަރު ދެނެގަނެ މި އަހަރުގެ ރަމަޟާންމަހު މާކެޓްގެ އަގުތައް ކޮންޓްރޯލް ކުރާނެކަމަށް ޙުސައިން އިސްމާޢީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރޯދަމަހު ހާއްސަކޮށް ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގު ކޮންޓްރޯލް އަގެއްގައި ކުރެވިގެން ރައްޔިތުންނަށް އަގު ހެޔޮކޮށް އަތްފޯރާ ފަށެއްގައި ތަކެތި ލިބޭނެ. އެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. ސަބަބަކީ އަޅުގަނޑުމެން ދުރާލާ މިކަމަށް ތައްޔާރުވީމަ ތަކެތި ބޭނުންވާ ވަރު އަޅުގަނޑުމެން މި ބަލަނީ." ހުސައިން އިސްމާއިލް ވިދާޅުވިއެވެ.

ސްޓޭޓު މިނިސްޓަރު ވިދާޅުވީ ޢާންމުކޮށް ދިވެހީންކެއުން ބުއިމުގައި ބޭނުންކުރާ ބާވަތްތައް ބޭނުންކުރާ ނިސްބަތް ދެނެގަނެ، އެ އަދަދުތައް ހޯދުމަށް ފަހު، މާކެޓަށް އުފެއްދުންތައް ނެރެވެން ހުރީ ކިހާވަރަކަށްތޯ ބަލާނެ ކަމަށެވެ. މިއާއެކު ރާއްޖެއިން ބޭރުން ތަކެތި ގެންނަން ޖެހޭނަމަ އެ އަދަދެއް ވެސް އެނގޭނެ އޭނާ ވިދާޅުވިއެވެ.

ހުސައިން އިސްމާޢީލް ވިދާޅުވީ، މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާއިއެކު މާކެޓަށް ނުގެނެވުމުގެ މައްސަލަކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް އެގްރޯނެޓާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން