މާލެ ކައިރީގައި އޮންނަ ވެލައްސަރު ރިސޯޓު ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 9:11 ހާއިރު ކަމަށާއި ފެނިފައިވަނީ ދިވެހި ފިރިހެނެއްގެ ހަށިގަނޑު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާތަނަށް ބެލިބެލުމުން ފެނިފައިވަނީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެނގިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.