ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހި އަންހެނުން ނިކުތުމަށް ވަޒީރު ފައިސަލް ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހި އަންހެނުން ނިކުތުމަށް ވަޒީރު ފައިސަލް ގޮވާލައްވައިފި

ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހި އަންހެނުން ނިކުތުމަށްތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހި އަންހެނުން މަދުކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހި އަންހެނުން ނިކުތުމަށް ގޮވާލައްވާފައެވެ. އަދި މިސިނާއަތުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ދިވެހި އަންހެނުން މިއިންޑަސްޓްރީގައި ހުރި ގޮންޖެހުންތަކާއި ނިކުމެ ކުރިމަތިލާންވީ، ސަރުކާރުން މިސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ،" ފައިސަލް ވިދާޅުވިއެވެ.

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް މެދުވެރިކޮށް މިސިނާއަތައް އަންހެނުން ނެރުމަށްޓަކައި ޚާއްސަ މެންޓާރޝިޕް ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެއެވެ. މިޕްރޮގްރާމްތައް ކުރިއަށްގެންދާނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ. އަހަރަކު 2 ފަހަރު ހިންގުމަށް ނިންމާފައިވާ މިޕްރޮގްރާމްގައި މަސައްކަތުގެ ހުނަރު ދަސްކޮށްދޭނެއެވެ. އަދި މިޕްރޮގްރާމް ރޭވިފައިވަނީ ދުރުރާސްތާ ޕްލޭނަކާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން