އާއިލާއެއް ފެށުމަށްފަހު ރަށުން ބޭރުގައި މަސައްކަތްކުރާ ކަނބަލުންނަށް ހުރި ގޮންޖެހުންތަކަށް ހައްލުހޯދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އާއިލާއެއް ފެށުމަށްފަހު ރަށުން ބޭރުގައި މަސައްކަތްކުރާ ކަނބަލުންނަށް ހުރި ގޮންޖެހުންތަކަށް ހައްލުހޯދަނީ

އާއިލާއެއް ފެށުމަށްފަހު ރަށުން ބޭރުގައި މަސައްކަތްކުރާ ކަނބަލުންނަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ގެނެސްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ހަފްތާ14 މަގުޗާޓުގައި ހިމެނޭ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރުމަށް ކަނބަލުންނަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަވެފައިވާކަމަށެވެ. އެގޮތުން އާއިލާއެއް ފެށުމަށްފަހު ރަށުން ބޭރުގައި މަސައްކަތްކުރުން ދަތިވެފައިވާކަން ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނެސްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ވިސްނެވީ ވަކި ސަރަހައްދުތަކެއްގައި އެކޮމޮޑޭޝަންތަކެއް ހަދައި ލުއި ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ އެކޮމޮޑޭޝަން ސެންޓަރުތަކުން ހިދުމަތް ފޯރުކޮށްދިނުން. އަދި އެއާއިއެކުގައި ޓްރާންސްޕޯޓް ނެޓްވޯކެއް އައިސް ފަސޭހަކަމާއިއެކުގައި އެ ސިސްޓަމް ޤާއިމްވެފައި އިނުން." ވަޒީރު ސައީދު ވިދާޅުވިއެވެ.

މެހެމާންދާރީ އަދާކުރުމުގައި ތިބީ ކަނބަލުންކަމަށާ އެހެންކަމުން ރާއްޖޭގެ ރީތިކަން އަންހެން ބޭފުޅުންނާ ނުލައި ފުރިހަމަ ނުވާނެކަމަށް ވަޒީރުވިދާޅުވިއެވެ. 

މިއަދު އޮންލައިން