ވިންޓާ ނުވަތަ ފިނިމޫސުމަކީ އެމޫސުމާއި ކުރިމަތިވާ އެންމެނަށްވެސް ހަމަ އެއްވަރަކަށް ފިނީގެ އަސަރު ކުރާނެ މޫސުމެކެވެ.
ނަމަވެސް ތަފާތަކީ އެއްބައަކަށް އެފިނިން ރައްކާތެރިވެވޭއިރު، އަނެއްބައަކަށް އެފިނިން ރައްކާތެރި ނުވެވި ފުރާނައަށް ނުރައްކާވާކަމެވެ. ފިނިވެގެން ގޮސް ތުއްތު ކުދިން މިދުނިޔެއާއި ވަކިވެދާކަމެވެ.
މިފަރާތްތަކަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެންޕޭން އިން ބުނެފައިވަނީ ކޮންމެ އަހަރަކުވެސް ފިނި މޫސުމަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ސަރވައިވިންގ ވިންޓާގެ މަގުސަދަކީ މި ފަރާތް ތަކަށް ކޮންމެވެސް ވަރެއްގެ އެހީއެއް ލުޔެއް ފޯރުކޮށްދިނުން ކަމަށެވެ.
މި ފަރާތްތަކަށް އެހީވުމަށްޓަކައި ތިރީގައިވާ އެކައުންޓަށް ބޭނުން އަދަދަކުން އެހީ ފޮނުއްވަމުން ގެންދަވާ.
ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރު: 7770000062741
އެކައުންޓް ނަން: International Aid Campaign
އެކައުންޓް ލޭބަލް: IAC | EMERGENCY
އިންޓަރނޭޝަނަލް އެއިޑް ކެންޕޭން ބުނެފައިވަނީ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށެވެ.