ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ބިންމަތީގައި މިސްކިތެއް ބިނާކޮށްފި މީހަކަށް އެފަދަ ބިނާއެއް ﷲ ތަޢާލާ ސުވަރުގޭގައި ބިނާކޮސްދެއްވަވާހުއްޓެވެ. މިއީ ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.
Uthman ibn Affan reported: The Messenger of Allah, peace and blessings be upon him, said,
“Whoever builds a mosque for Allah, Allah will build for him a house like it in Paradise.”
Source: Ṣaḥīḥ al-Bukhārī 450, Ṣaḥīḥ Muslim 533
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
މިމަތިވެރި ނިޢުމަތް ލިބިގަތުމަށް ތަނަވަސްކަންހުރި ބައެއް ފަރުދުންނާއި ކުންފުނިތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ. މިސްކިތްތައް ބިނާކުރަމުންނެވެ. 3 ވަނަ ފަހަރަށް އިސްލާމީ ވަޒިރުކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ޑރ. މުޙައްމަދު ޝަހީމް ފުރަތަމަ ހާމަކުރެއްވެވި ކަންތައްތަކުގެ ތެރޭގައިވެސް މިސްކިތްތައް އަޅަން ނުވަތަ އެކަމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަން ފޯރުކޮސްދެއްވާނެކަން ވަނީ ހާމަކުރައްވައިފައެވެ.
ހުޅުމާލޫގައި މިހާރު ބިނާކުރެވެމުންދާ މިސްކިތްތަކުގެ މަސައްކަތްތައް ހިނަގަމުންދާ ގޮތް ބައްލަވައިލެއްވެވުމަށްފަހު ވަޒީރު ޑރ. ޝަހީމް ވިދާޅުވީ 3000، 2000، 1500 މީހުންގެ ޖާގައިގެ ބޮޑެތި މިސްކިތްތައް އަޅަމުންދާ ފަރުދުންނާއި ކުންފުނިތަކުން ކުރާ ޚިދުމަތުގެ އަގު ވަޒަންކުރައްވާ ކަމަށެވެ.
ވަޒިރު ޑރ. ޝަހީމް ވިދާޅުވީ ހުޅުމާލޭގައި މިސްކިތްތައް މަދުވުމާއި ގުޅިގެން އުފެދިފގައިވާ ނުތަނަވަސްކަން (ދަތިތައް) ވަރަށް އަވަހަށް ޙައްލުކުރެވިގެންދާނެ ކަމަށެވެ. ރޯދަމަހަސްވެސް ބައެއް މިސްކިތްތައް ހުޅުވޭނެ ކަމަށާއި ރޯދައިގެ ފަހުން (ދެން އަންނަ ރޯދަމަހުގެ ކުރިން) ވެސް ބައެއް މިސްކިތްތައް ހުޅުވިގެންދާނެ ކަމަށެވެ.
"އެއިރުން ހުޅުމާލެ ވެގެންދާނެ ރާއްޖޭގައި އެންމެ ރީތި މިސްކިތްތައް ހުރި އަވަށަށް. މިހާރު މިޤާއިމުކުރެވޭ މިސްކިތްތަކަކީ ވަރަށް ރީތި، ވަރަށް ފެންވަރު ރަނގަޅުކޮށް ތަރުތީބުކުރެވިފައިވާ މިސްކިތްތަކެއް." ކަމަށް ވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.