ފެން ފައިބާތީ އިސްލާމީ މަރުކަޒުގެ ފުރާޅުގެ ޓިނުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ޑރ.ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރާޅުގައި ވަރަށް ދެރަ ޓިނު ޖަހާފައި ހުރުމުގެ ސަބަބުން ދަބަރު ޖަހައިގެން ޓިނުތައް ހަލާކުވެފައިވާ ކަމަށާއި ވިއްސާރަ ދުވަސް ދުވަހު ޓިނުތަކުން އެތެރެއަށް ވާރޭ ވެހޭތީ އެތެރޭގެ ގިނަ ތަންތަނުގައި ބާލިދީ ބަހައްޓާފައި ހުންނަ ކަމަށެވެ.
މީގެއިތުރުން ޑރ.ޝަހީމް ވިދާޅުވެފައި ވަނީ އިސްލާމީ މަރުކަޒު މަރާމާތު ކުރުމަށް ބޭނުންވާ ޓިނު ލިބެނީ ރާއްޖެއިން ބޭރުން ކަމަށާއި، ޓިނުތައް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ދެ މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
އިސްލަަމީ މަރުކަޒުގެ ފުރާޅުގެ ހުރިހައި ފަރާތެއްގެ ޓިނުތައް ހުރީ ހަލާކުވެފަ. އެތެރެއަށް ވެހޭތީވެ ވިއްސާރަ ދުވަސްތަކުގައި އެތެރޭގެ ގިނަ ތަންތާ ބާލިނދި ބަހައްޓާފަ ހުންނަނީ . ޓިނުތައް ބަދަލުކުރަން 2 މިލިއަން ޚަރަދުވޭ. އެތަނުގަ ޖަހާ ޓިނު ލިބެނީ ބޭރުން. މަސައްކަތްކުރިއަށް އެބަދޭ. pic.twitter.com/REI6fvy0Xy
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 19, 2024