ހޮންގް ކޮންގް އެއަރލައިންގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފެށައިފިއެވެ.
ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައި އެ އެއަރލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއެކު، ރަތްފިނިފެންމަލުން ވަނީ މަރުޙަބާ ކިޔާފައެވެ.

ހޮންގް ކޮންގް އެއަރލައިން އިން ރާއްޖެއަށް ޖުމްލަ 209 ފަތުރުވެރިން ވަނީ އައިސްފައިވާއިރު މި އެއަރލައިންގެ ދަތުރުތައް ހަފްތާއަކު 3 ދުވަހު ރާއްޖެއަށް ކުރާނެއެވެ.
މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއަރބަސް އޭ330 މަރުކާގެ ބޯޓުތަކެކެވެ. އެއީ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. މި ދަތުރުތައް ކުރާނީ ހޮންގް ކޮންގްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.