މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެސް އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް ހަމަޖައްސައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެސް އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް ހަމަޖައްސައިފި!

"މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުން. މި ޚިދުމަތް ﷲ ގެ ވާގިފުޅާއެކު، 1 މާރިޗް 2024 ގައި ފެށިގެން ދާނެ! 

މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރުވަނީ ހަމަޖައްސާފައި. އަދި ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސް އެއްގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން!"

- މުޙައްމަދު އަމީން / މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން 

ރާއްޖެއަށް މިވަޤުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ އެއާއެމްބިޔުލާންސްގެ ޚިދުމަތެވެ. އެއާޕޯޓްތަކަށް ޖެއްސޭނެ ބޮޑެތި ފްލައިޓްތަކުގެ އިތުރުން އެއާޕޯޓެއް ނެތް ރަށްރަށުންވެސް އެއާއެމްބިޔުލާންސްގެ ޚިދުމަތް ލިބޭނެ ބޯޓުފަހަރަށްވެސް ބޭނުންވެއެވެ. އެއީ ކަނޑުގަދަވުން ފަދަ ޙާލަތްތަކުގައި ބަލިމީހާ އެއާޕޯޓަށް ކަނޑުދަތުރުކޮށް ނުގެންދެވިދާނެކަމަށްޓަކައެވެ. 

ރާއްޖޭގައި މިހާރުވެސް ސީޕްލޭން މެދުވެރިކޮށްވެސް މިޚިދުމަތް ދެވިދާނެއެވެ. ބައެއް ކޭސްތަކުގައި ބަލިމީހާގެ ފުރާނަ ސަލާމަތްކުރެވުމާއި ނުކުރެވުމާއިމެދު ބުނެވޭނެ ބަހެއް ނެތް ނަމަވެސް ކޮންމެ ރައްޔިތެއްގެވެސް ފުރާނަ ސަލާމަތްކުރަން ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. 

 

މިއަދު އޮންލައިން