އިމަރޖެންސީގައި ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، 65 އަހަރުން މަތީގެ މީހުންނަށް ޕާސްޕޯޓް ހެއްދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިމަރޖެންސީގައި ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، 65 އަހަރުން މަތީގެ މީހުންނަށް ޕާސްޕޯޓް ހެއްދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި

މެޑިކަލް އިމަރޖެންސީގައި ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕާސްޕޯޓް ހެއްދުމަށް ފަސޭހަ އިންތިޒާމްތަކެއް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ 21 ޖަނަވަރީން ފެށިގެން މެޑިކަލް އިމަރޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް އެފަރާތުން ބޭނުންވާނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނެ މަގު ފަހިކޮށްދީފައިވާކަމަށެވެ.

މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން، އިމިގްރޭޝަންގެ އެހީތެރިކަމާއިއެކު ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމްވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މިޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ފުރިހަމަ އިސްކަމެއްދީ ހިނދުން ހިނދަށް މިޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގެންނެވި ބަދަލެއް ކަމަށެވެ.

މިއަދު އޮންލައިން