އިޤްތީޞާދީ ކުރިއެރުމާއި ޤައުމީ ތަރައްޤީގެ ދާއިރާއިން ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އަރިހަށް، ޖަޕާނުގެ ހާރިޖީ ވުޒާރާގެ ސައުތު އީސްޓް އަދި ސައުތު ވެސްޓް އޭޝިއަން ޑިވިޝަންގެ ޑިރެކްޓަރ ޖެނެރަލް، ނަކަމުރާ ރިޔޯއީ ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.
ބައިލެޓްރަލް އަދި މަލްޓިލެޓަރަލް ގުޅުންތަކުގެ ތެރެއިން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިޤްތީޞާދީ ކުރިއެރުމާއި ޤައުމީ ތަރައްޤީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނޭކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.