ރާއްޖޭގައި ކަނޑުއަޑިން ފުރތަމަ ގުޅައިލެވޭ ދެރަށަކަށް މާލެއާ ރަސްމާލެވެގެންދާނުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މާލެސިޓީގެ އައު މޭޔަރާއި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތިން މެންބަރުން ހުވާކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑތ. މުޢިއްޒު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަސްވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު ކަނޑުއަޑީގެ ޓަނަލަކުން ރަސްމާލެ އާއި މާލެ ގުޅުވާލެވޭނެ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެގޮތުން ރަސްމާލެ އާއި މާލެ ގުޅާލުމަށްޓަލައި ފަންނީ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށާއި އަދި އެމަސައްކަތް ކުރުމަށް ވަރަށް ގާބިލު ކުންފުނިތަކާ މަޝްވަރާ ކުރެވެމުންދާކަމަށެވެ. އަދި އެމަޝްރޫޢުވެގެންދާނީ ފަތުރުވެރިން ވެސް ޝައުގުވެރިކުރުވާނެ މަޝްރޫއަކަށް ކަމަށެވެ.
- އިތުރު ތަފްޞީލް އަންނަނީ