މާލޭ މޭޔަރުކަމުގެ ހުވާ އާޒިމް ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
މާލޭ މޭޔަރުކަމުގެ ހުވާ އާޒިމް ކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަމުގެ ހުވާ އާދަމް އާޒިމް ކުރައްވައިފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.

ހުވާ ކުރެއްވުމަށްޓަކައި ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ދައުލަތުގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންވެސް ވަނީ މަޤާމުގެ ހުވާކުރައްވާފައެވެ. 

މިއަދު އޮންލައިން