ތިރީގައި އެވަނީ ރާއްޖެއަށް ކުރިމަތިވެފައި މިވާ ނިކަމެތި ޙާލަތު ކުރިމަތިވާން އުޅޭކަމުގެ ބިރުވެރިކަން އުފެދި ބޮޑުވަމުން އައި ދުވަސްވަރު މީގެ 3 އަހަރުކުރިން މިހާރުގެ އިސްލާމީވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދައްކަވާފައިވާ ވާހަކަފުޅެއްގެ ވީޑިއޯއެކެވެ. އިސްލާމް ދީނާއި މިލޮބުވެތި ވަޠަންދެކެ ލޯބިވާ ކޮންމެ ދިވެއްސަކުވެސް މިކަންކަމަށް މިއަދު ފުންކޮށް ވިސްނަވައިލެއްވެވުން ވަރަށް މުހިންމު ކަމަށް ޤަބޫލުކުރެވެއެވެ.
ދިވެހިން އެއްބައިވަންތަކަމާ އެއްބައެއް ވަންތަކަމުގަ ދެމިތިބެއްޖެނަމަ ދީނާ މިނިވަންކަމާ ސިޔާދަތުގެ ކިއްލާ ދުވަހަކުވެސް ފޫއަޅުވައެއް ނުލެވޭނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ހިންގަވާ އައިއޯސީސީގެ އެންމެ އިސް ބޭފުޅެއްގެ ޙައިޞިއްޔަތުން، ރާއްޖެ އިސްލާމްވީ ދުވަސް ފާހަކަކުރެއްވުމުގެ ގޮތުން ދެއްވި ޚިޠާބުގައެވެ.
ޑރ. ޝަހީމް ފާހަގަކުރެއްވިގޮތުގައި ބޭރުކަރަތަކުން އަބަދުވެސް ރާއްޖެއަށް ވެރިވެގަންނަން ބޭނުންވެގެން މަސައްކަތްކުރިކަމަށާއި ނަމަވެސް އެމީހުންގެ ލަޝްކަރުތައް ބަލިކުރީ ދިވެހިންގެ ޢަޤީދާގެ ވަރުގަދަކަމުންނެވެ. ދީނީ އެއްބައިވަންތަކަމުންނެވެ. ވީމާ މިއަދުވެސް އެ އެކވެރިކަމާ ސާބިތުކަން ދަމަހައްޓަން އެބަޖެހެއެވެ.
ޑޜ. ޝަހީމްގެ ވާހަކަފުޅު:
https://www.facebook.com/watch/?v=2082314325241051