އިންތިހާބު ތަކުގައި ޒުވާނުންނާއި، އަންހެނުން ވާދަކުރުމަށް ޕާޓީތަކުން އިސް ދައުރެއް އަދާކުރެވިދާނެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
އިންތިހާބު ތަކުގައި ޒުވާނުންނާއި، އަންހެނުން ވާދަކުރުމަށް ޕާޓީތަކުން އިސް ދައުރެއް އަދާކުރެވިދާނެ

އިންތިހާބު ތަކުގައި ޒުވާނުންނާއި، އަންހެނުން ވާދަކުރުމަށް ޕާޓީތަކުން އިސް ދައުރެއް އަދާކުރެވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ވިދާޅުވީ ސިޔާސަތު އެކުލަވާލުމާއި، ގައުމީ ކަންކަމުގައި، ޒުވާނުންނާއި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވައި، އިންތިހާބު ތަކުގައި ޒުވާނުންނާއި، އަންހެނުން ވާދަކުރުމަށް، ސިޔާސީ ޕާޓީތަކުން އިސް ދައުރެއް އަދާކުރެވިދާނެ ކަމަށާއި ސިޔާސަތު އެކުލަވާލުމާއި، ގައުމީ ކަންކަމުގައި، ޒުވާނުންނާއި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ޚާއްސަކޮށް، ދެކުނު އޭޝިޔާ ގައި އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަރަށްބޮޑަށް ބާރުއަޅާ ކަމަށާއި މިކަމުގައި ޔޫ.އެން.ޑީ.ޕީ އާއި، ޔޫރަޕިއަން ޔޫނިއަން އަދި ޔޫ.އެސް އެއިޑް ފަދަ ޖަމާއަތްތަކުން ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރެއްވޭ ކަމަށެވެ. ލާމަރުކަޒީ ނިޒާމާމެދު ޕޮލިސީ ލެވަލްގައި މަޝްވަރާ ކުރުން މުހިންމު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ހަބީބު ވިދާޅުވީ ލާމަރުކަޒީ ނިޒާމާމެދު ޕޮލިސީ ލެވަލްގައި މަޝްވަރާކޮށް، ދިރާސާކޮށް ހައްލު ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ ވޯޓްލާން ނިކުންނަ މީހުންގެ ނިސްބަތަށް ވިޔަސް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން މަޤާމަށް ކުރިމަތިލުމަށް ކަމަށް ވިޔަސް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ކިތަންމެ ފަހަރަކަށް ކޮމިޝަނުން އިއުލާން ކުރިޔަސް މަޤާމުތަކަށް، ރަށްތަކުން ކުރިމަތިނުލާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން މަޤާމުން އަވަސް އަވަހަށް އިސްތިއުފާ ދެއްވާތީ ހަބީބު ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.

އިންތިޚާބުތަކުގައި ވޯޓްލާން މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ އެކަނި ޒިންމާއެއް ނޫން ކަމަށް ހަބީބު ވިދާޅުވިއެވެ.

މިއަދު އޮންލައިން