ދާޚިލީ ސަލަމާތާއި ރައްކާތެރިކަމާއި ގުޅޭ ބައެއް ޤާނުނުތަކަށް އިސްލާހު ހުށައަޅަން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދާޚިލީ ސަލަމާތާއި ރައްކާތެރިކަމާއި ގުޅޭ ބައެއް ޤާނުނުތަކަށް އިސްލާހު ހުށައަޅަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ޖަލްސާތައް ފަށާއިރު، ދާޚިލީ ސަލަމާތާއި ރައްކާތެރިކަމާއި ގުޅޭ ބައެއް ޤާނުނުތަކަށް އިސްލާހު ގެނައުމަށް ހުށައަޅުއްވާނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚީލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ  ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އޮތްގޮތުން، އެ ކުއްޖެއްގެ އުމުރުން 17 އަހަރާއި 11 މަހުގައި ކުރި ކުށެއްގެ އަދަބުވެސް، އެ ހުކުމުގެ މުއްދަތު ކިތަންމެ ދިގުނަމަވެސް، ތަންފީޒުވެ ނިމެންދެން އެމީހަކާމެދު ޢަމަލުކުރަން ޖެހެނީ ކުޑަކުއްޖަކާމެދު ޢަމަލުކުރާގޮތަށްކަމަށެވެ. މިފަދަ ކަންކަމަކީ ހަރުދަނާގޮތެއްގައި ކުށްކުށުގެ އަދަބު ދިނުމަށް އޮތް ހުރަހެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު އިޙުސާން ވިދާޅުވީ "މިސާލަކަށް 17 އަހަރާ 11 މަހުގެ އުމުރުގެ ކުއްޖަކަށް 20 އަހަރުގެ ހުކުމެއް އައީ. އޭނާ އުމުރުން 30-40 އަހަރުވިއަސް އޭނާއާ މެދު ހުކުން ތަންފީޒުކުމުގައި ޢަމަލުކުރަން ޖެހެނީ ކުޑަކުއްޖެއްގޮތަށް. މިއީ އަވަސް ބަދަލުތައް ބޭނުންވާ މާއްދާތައް." ކަމަށެވެ.

އަންނަ ދައުރަށް މަޖިލިސް ހުޅުވޭއިރު، ދެ ޤާނޫނަކަށް އިސްލާހު ހުށައެޅުމުގެ މަސައްކަތް ކުރައްވަމުންދާކަށާއި އެގޮތުން ފުލުހުންނާއި، ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން މި ޤާނޫނުތައް ދިރާސާކޮށް، އިސްލާހު ގެނައުމަށް ބޭނުންވާ މާއްދާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު އިޙުސާން ވިދާޅުވިއެވެ.

މިއަދު އޮންލައިން