21 ދުވަހުން ޗައިނާގެ 10000 ފަތުރުވެރިން ރާއްޖެއަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
21 ދުވަހުން ޗައިނާގެ 10000 ފަތުރުވެރިން ރާއްޖެއަށް!

21 ދުވަހުން ޗައިނާގެ 10000 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 128،548 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 11.6 އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. މިދިޔަ އަހަރު ނިމުނު އިރު ރަޝިއާއަކީ ރާއްޖެއަށް 2ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމެވެ.

ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް އެޤައުމުން 4،288 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެހެންކަމުން ހަފްތާއެއްހާ ދުވަސްތެރޭ ޗައިނާއިން ރާއްޖެއަށްވަނީ 5،000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

ޗައިނާއަކީ ރާއްޖެއަށް މިހާރު 4ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ކޯވިޑްގެ ކުރިން ހުރި މިންވަރަށްވުރެ ދެގުނަ އިތުރުކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިއަދު އޮންލައިން