ސިފައިން ދ. އަތޮޅުން ފެނުނު ކިނބޫ އަތުލައިގެންފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 49ސ
ސިފައިން ދ. އަތޮޅުން ފެނުނު ކިނބޫ އަތުލައިގެންފި

ދ. އަތޮޅުން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެ ކިނބޫ އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 

އެމްއެންޑީއެފުން ބުނެފައިވަނީ ދިގު މިނުގައި 9 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ ދ.އަތޮޅު ކަނޑިންމަ ރިސޯޓްގެ ފުއްޓަރު ކައިރިންކަމަށާއި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރުކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައި ކަމަށްވެސް ބުނެފައިވެއެވެ.

 

މިއަދު އޮންލައިން