ހައްގު ނޫން މީހުންނަށް އެންސްޕާއިން ދިން 18.4 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އަންގައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހައްގު ނޫން މީހުންނަށް އެންސްޕާއިން ދިން 18.4 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އަންގައިފި!

ހައްގު ނޫން މީހުންނަށް އެންސްޕާއިން ދިން 18.4 މިލިއަން ރުފިޔާ ވަނީ ދީފައިވާކަމަށާއި އެ ފައިސާ އަނބުރާ ހޯދުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން އަންގަވައިފިއެވެ.

މިކަމާގުޅިގެން އޮޓިޑް އޮފީހުން އާންމުކުރި އެންސްޕާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ އެހީ ލިބެން ނުޖެހޭ ގިނަ ބަޔަކަށް 2022 ވަނަ އަހަރުގެ ނިޔަލަށް 18.4 މިލިއަން ރުފިޔާ އެންސްޕާ މެދުވެރިކޮށް ދީފައިވެއެވެ. އެގޮތުން ފައިސާ އެކަނިވެރި މައިންނާއި ބަފައިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސްއާއި އެފަދަ މީހުންނަށް ދޭ ތެރަޕިޔުޓިކް ފަރުވާ ހޯދުމުގެ އެހީގެ ގޮތުގައިވެސް އެ އެހީ ދޭން ނުޖެހޭ ބަޔަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ، ދޭން ނުޖެހޭ މީހުންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިޔުޓިކް ފަރުވާ ހޯދަން ދޫކޮށްފައިވާ 7.6 މިލިއަން ރުފިޔާ ނަހަމަ ގޮތުގައި ދޫކޮށްފައިވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި 234،294 ރުފިޔާ ނަހަމަ ގޮތުގައި ދުކޮށްފައިވާކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. މިކަމާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް އެންސްޕާއަށް ލަފާދެއްވާފައެވެ.

ޑިސެމްބަރު 2022ގެ ނިޔަލަށް އެންސްޕާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލުން ޗެކުކުރި 504،500 ރުފިޔާއަކީ 2015 އާއި 2018 ވަނަ އަހަރާ ދެމެދު ދީފައިވާ އެހީގެ ފައިސާގެ ތެރެއިން އިތުރަށް ދީފައިވާ ފައިސާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު 16ގެ ނިޔަލަށް އޭގެ ތެރެއިން އެއްވެސް ފައިސާއެއް ހޯދާފައިނުވާކަކަމަށް އެ ރިޕޯޓްގައިވެއެވެ.

 

މިއަދު އޮންލައިން