މިސްކިތެއް ބިނާކުރަން ކުރަންޖެހޭ ހޭދަ އެކަކަށް ނުކުރެވޭނެނަމަ ގިނަ ބައަކު ބައިވެރިވެގެން ކުރިނަމަވެސް މިސްކިތެއް އަޅައިފިނަމަ އެކަމަށް ﷲ ތަޢާލާ ދެއްވަވާ ޘަވާބު އެކަމުގައި ބައިވެރިވި އެންމެންނަށްވެސް ދެއްވަވާނެތެވެ! މާލޭގައި އަޅާފައިވާ ވިޔަފާިވެރިންގެ މިސްކިތަކީ ގިނަ ވިޔަފާރިވެރިންތަކެއް ބައިވެރިވެގެން އަޅާފައިވާ މިސްކިތެކެވެ. އަދި ހުޅުމާލޭ ފޭސް 2 ގައިވެސް އެކުވެރިންތަކެއް ގުޅިގެން މިސްކިތެއް އެބަ އަޅައެވެ.
މިސްކިތް އެޅުމުގެ 50 ވަރަކަށް މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދާނެއެވެ. އެހެންކަމާއިއެކުވެސް 21 ވަރަކަށް މިސްކިތް ރާއްޖޭގެ އެކިރަށްރަށުގައި އަޅަން އެބަޖެހެއެވެ. އަޅުގަނޑު އެދެނީ ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ކުރިމަތިލެއވުމެވެ. ކުރިމަތިލައްވާ ހުރިހާ ހުރިހާ ފަރާތަކަށްވެސް އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބިލައްވާނެއެވެ.
"މިސްކިތެއް އެޅުމަކީ އެކަނި ކުރެވޭވަރުގެ ކަމަކަށްނުވާނަމަ ކިތަންމެ ގިނަބައަކު ބައިވެރިވެގެންވެސް އެކަންކުރަންވީ. އެމީހަކަށް ބައިވެރިވެވެން އޮތް ވަރަކުން ބައިވެރިވާންވީ. މިހާރުވެސް ރާއްޖޭގެ އެކިރަށްތަކަށް 21 މިސްކިތްވަރު އެބަ ބޭނުންވޭ. އެކިރަށަށް ބޭނުންވަޏީ އެކިސައިޒުގެ. ވީމާ ކުރިމަތިލައްވަންވީ ހަމަ"
ބަރުބަރީ މިސްކިތް ހުރިތަނުގައި އަމިއްލަފަރާތަކުން ބިނާކުރާ މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިސްލާމިކްމިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން-