އުންމީދަކީ އަދި ދުޢާއަކީ ޙައްޖު ކޯޓާ އިތުރުވެގެން ދިއުންކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ގެންދަވަނީ މަސައްކަތްކުރައްވަމުން ކަމަށާއި އަދި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީއިންވެސް އެކަމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
"ރައީސް ޑރ. މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ދިވެހިރާއްޖޭގެ ހައްޖުގެ އިދާރީ ނިޒާމް ހަރުދަނާ ކުރެއްވުމާއި ހައްޖާ އުމްރާއަށްދާ މީހުންނަށް ރަނގަޅު ޚިދްމަތެއް ދިނުމަށް ސަރުކާރު ފަރާތުން މަސައްކަތް ކުރެއްވުން. އެގޮތުގެ މަތިން ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދޭ."
- އިސްލާމިކް މިނިސްޓްރީ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ މިބަސްކޮޅަކީ ހަމަ މިއަހަރުވެސް މީހުން ޙައްޖަށް ގެންދިއުމަށް އިތުރު ކޯޓާ ލިބިދާނެކަމުގެ އުންމީދު އޮތް ބަސްފުޅެކެވެ. އެހެންކަމުން ޙައްޖުކޯޕޮރޭޝަނަށް ފައިސާ ދައްކަވައިގެން ތިއްބެވި ބޭފުޅުން އެކަމަށް ސަމާލުވެލައްވައިގެން ތިއްބެވުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން "މަތީ ތަޢްލީމް ހާސިލްކުރާ ކުދިންގެ ރިފަރެންސަށް ލައިބުރަރީތަކުގައި ހުރި ހުރިހާ ފޮތްތަކަށް އަޑުއެޅުމުގެ މަސައްކަތް އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ވަރަށް އަވަހަށް ފަށާނަން!" ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމުންވެސް އެނގިގެންދަނީ އިސްލާމީ މަތީ ތަޢުލީމު ދިނުމަށް މިއަދުގެ ސަރުކާރުންދޭ ސަމާލުކަން ކަމުގައި ފާހަގަކުރެވެއެވެ.