ޑރ. ޝަހީމަށް ރުހުން ނުދިނުމުން ރައްޔިތުންގެ ގިނަބައެއްގެ ތާއީދު އެމްޑީޕީއަށް ގެއްލިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޑރ. ޝަހީމަށް ރުހުން ނުދިނުމުން ރައްޔިތުންގެ ގިނަބައެއްގެ ތާއީދު އެމްޑީޕީއަށް ގެއްލިއްޖެ!

ކޮންމެ ޕާޓީއެއްގައި ކޮންމެ ކުލައެއްގައި ހުރިނަމަވެސް އޭނާއަކީ ތެދުވެރިއެއް ނަމަ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްލާމީ މިމނިސްޓްރީ ހިންގެވުމަށް ތާއީދުކުރާނެއެވެ. ތަޢްރީފްކުރާނެއެވެ. އެއީ އެމަނިކުފާނުގެ ވަޒިރުކަމުގައި ނެރެ ދައްކަވަމުން ގެންދާ ނަތީޖާގެ ސަބަބުންނެވެ. 

މިދިއަ 5 އަހަރު އިސްލާމިކް މިނިސްޓްރީ ހިންގަން އުޅެ ދީނީކޮށްވެސް އަދި އެހެން ގޮތަކަށްވެސް އެމިނިސްޓްރީ ނުހިންގިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވެގެން ޢަދާލަތޭ ކިޔާ ޕާޓީގެ ބޭފުޅުންވެސް ހިމެނޭ ގޮތުން ތަފާތު 3 ބޭފުޅެއްގެ އެދިވަޑައިގަތުމަށް އެމަޤާމް ޙަވާލުވެވަޑައިގަންނަވާތޯ ޑރ. ޝަހީމް އަރިހަށް ދިއައީމެވެ. 

ދެއްވީ ވަރަށް ކުރުކުރު ޖަވާބެކެވެ! "އިސްލާމިކް މިނިސްޓްރީއަށް ޚިދުމަތް ކުރަން ކިތަންމެހައިވެސް ބޭނުމެވެ. މިވެނި އެވެނި ބޭފުޅުންވެސް ތިއަކަމާ އެބަ ގުޅުއްވައެވެ. އެކަމަކު މަޤާމާއި ޙަވާލުވިޔަސް އިސްލާމްދީން ކުރިއަރުވަން މަސައްކަތް ކުރިއަދޭނެ ހެއްޔެވެ؟ ޤަބޫލުކުރެވެނީ މަސައްކަތްކުރިއަ ނުދޭނެ ކަމަށެވެ." 

މިއަދު އެމްޑީޕީން ރުހުން ނުދޭން އެއުޅެނީ އިއްޔެ އާދޭސްކުރި ޑރ. ޝަހީމަށެވެ. ދިވެހިރައްޔިތުން އެބޭފުޅެއްގެ ޚިދުމަތް ބަލައިގަނެ އިތުބާރުކުރާ ޑރ. ޝަހީމަށެވެ. މަޤްޞަދު އެނގޭ ނޫންހެއްޔެވެ؟ ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން އަޑަށްވުރެ މާބާރުސްޕީޑްގައި ކުރިއަށް ގެންދަވާތަން ފެނުމުން ހަމަ ޙަމަޖަމް ނުކުރެވިގެންނެވެ. 

ލޮބުވެތި ރައްޔިތުންނޭވެ! ތިއަ ބޭފުޅުންނަށް އެނގިވަޑައި ނުގަތަނަސް ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާނަމަ އެމީހާގެ ޖީބުން ޚަރަދުނުކުރި ނަމަވެސް އެމީހަކު އެދަނީ އޭނާގެ ޕާޓީ ޙިންގަން ޚަރަދުކުރަމުންނެވެ. އެއީ ސަރުކާރުން އެޕާޓީއަށް ފައިސާދޫކުރަނީ ކޮންމެ މެންބަރެއްގެ ފައިސާވެސް ހިމެނޭ ގޮތަށް ކަމުގައިވާތީއެވެ. 

ވީމާ މަޙްޝަރު ދުވަހަށް ބިރުވެތިވާށެވެ! ﷲ ތަޢާލާގެ ދީނަށް ހުރަސްއަޅާ ޢަދާވާތްތެރިންނާއިއެކު މަޙްޝަރުކުރައްވަވައިފިނަމަ ޙާލަކީ ކޮބައިހެއްޔެވެ؟ ސަލާމަތްކަން އޮތީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ ބައަކާއިއެކު މަޙްޝަރުކުރައްވަވައިފިނަމައެވެ.

 

މިއަދު އޮންލައިން