ޑރ. ޝަހީމަށް ރުހުން ނުދިން މެމްބަރުންނަށް ކުރިޔަށް އޮތް އެއްވެސް އިންތިޚާބެއްގައި ވޯޓު ނުދިނުމަށް ރައްޔިތުންގެ ކިބައިން ޝައިޚް ޝަފީޢު އެދިވަޑައިގެންފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ޑރ. ޝަހީމަށް ރުހުން ނުދިން މެމްބަރުންނަށް ކުރިޔަށް އޮތް އެއްވެސް އިންތިޚާބެއްގައި ވޯޓު ނުދިނުމަށް ރައްޔިތުންގެ ކިބައިން ޝައިޚް ޝަފީޢު އެދިވަޑައިގެންފި!

"މި ލިސްޓަށް ނިކަން ބައްލަވާ !ޑރ. ޝަހީމަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް ވޯޓު ދިން މެމްބަރުންނާއި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ މެމްބަރުންނަށް ކުރިޔަށް އޮތް އެއްވެސް އިންތިޚާބެއްގައި ވޯޓު ނުދިނުމަށް ރައްޔިތުންގެ ކިބައިން އެދި އިލްތިމާސްކުރަމެވެ."

ވޯޓުދިން ގޮތުގެ ލިސްޓަށް ބަލާއިއރު ޑރ. ޝަހީމަށް ރުހުން ދީފައިވަނީ ހާޒިރުވެ ތިބި 72 މެންބަރުންގެ ތެރެއިން 30 މެންބަރުންނެވެ. ރުހުން ނުދޭކަމަސް ވޯޓުދިނީ 31 މެންބަރުންނެވެ. 10 މެންބަރަކު ތިބީ ވޯޓުދިނުމުން ބަރީޢަވެގެންނާއި ވަކި ގޮތަކަށް ވޯޓުނުދޭގޮތަށެވެ. އެހެންވެ އެ 10 މެންބަރުން އެއްވެސް ކޮޅަކަށް ވޯޓުދީފައެއް ނުވެއެވެ. 

ރިޔާސަތުން އެންގީ ވޯޓުގައި ބައިވެރިނުވެ ތިބުމަކަށް ނުވަތަ ވޯޓުނުދިނުމަކަށް ނޫނެވެ. އެމީހަކަށް ފެންނަ ގޮތަކަށް ވޯޓު ދިނުމަށެވެ. ވީމާ ވޯޓުގައި ރުހުން ނުދިން ކޮންމެ މެންބަރަކީވެސް ރުހުން ނުދިން މެންބަރެކެވެ. އެމެންބަރުން ރުހުން ދިންނަމަ ވޯޓު ޑރ. ޝަހީމަށް ކާށމިޔާބުކުރެއްވޭނެ އެވެ. އިން ޝާ ﷲ 

އެކަން ފާހަގަކުރައްވައި ޝައިޚް ޝަފީޢު ޢަބްދުﷲ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވަނީ ރުހުން ދިނުމަށް ނުފެންނަ ކަމަށް ވޯޓު ދިން މެމްބަރުންނާއި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ މެމްބަރުންނަށް ކުރިޔަށް އޮތް އެއްވެސް އިންތިޚާބެއްގައި ވޯޓު ނުދިނުމަށެވެ. 

ސަބަބު ވަރަށް ސާފެވެ. ޑރ. ޝަހީމަކީ ކޮންމެ ސަރުކާރެއްގައިވެސް އިސްލާމިކް މިނިސްޓްރީ ހިންގުމަށް މިހައިތަނަށް ފެނިފައިވާ އެންމެ ޤާބިލް ޝަޚްޞިއްޔަތެވެ. މަޤާމުގައި ހުންނަވައިގެން އެންމެ އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ޝަޚްޝިއްޔަތެވެ. ބޭރުގެ އެހީތެރިކަން ހޯއްދަވައިގެން ބޮޑެތި ކަންކަން ކުރައްވާފައިވާ ޝަޚްޞިއްޔަތެވެ. ބޮޑު ބައެއް ބޭރުގެ އެހީތެރިކަން ހޯއްދަވައިގެން ވަޤުފް ބިނާއެއް އަޅުއްވަވައި ދާއިމީ ގޮތަކަށް އާމްދަނީ އިތުރުކުރެވޭނެ މަގު ހޯއްދެވި ހަަމއެކަނި މިނިސްޓަރެވެ. އެންމެ ގިނަ އިމާމުންނާއި ޙާފިޡުން އުފެއްދެވި ވަޒީރެވެ. އެންމެ ފުރިހަަމ ގޮތުގައި އިސްލާމިކް މިނިސްޓްރީ ހިންގެވި ވަޒީރެވެ. 

ޑރ. ޝަހީމް 3 ވަނަ ދައުރަށް އިސްލާމިކް މިނިސްޓަރުކަމަށް އައްޔަނުކުރެވުނީ އިސްލާމިކް މިނިސްޓްރީ ވެންޓިލޭޓަރުގައި އޮއްވައެވެ. 2 މަހެއްހައި ދުވަސްތެރޭ މިހާރުވެސް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް އެދަނީ އެންމެ ބާރު ސްޕީޑްގައެވެ. 

ވީމާ ޑރ. ޝަހީމަށް ރުހުން ނުދިން މެންބަރުންނަކީ ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ކުރިއަރައިދިއުމަށް އެދޭ ބައެއް ނޫންކަމަށް ރައްޔިތުންގެ ގިނަ ބައަކުވެސް ގެންދަނީ ބުނަމުންނެވެ. 

"ޔާ ﷲ! ދިވެހިރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމުގެ ތައުފީޤް ދެއްވަވާނދޭވެ! އެކަމަށް މަސައްކަތްކުރާ އެންމެންނަށް ނަޞްރު ދެއްވަވާނދޭވެ! އިނބަ ﷲ ގެ ޢަދާވާތްތެރިން ބަލިކުރައްވައި ނިކަމެތި ކުރައްވަވާނދޭވެ!" އާމީން 

މިއަދު އޮންލައިން