މަޖިލީހުގެ ނިންމުމަށް އިހުތިރާމް ކުރަން، އެ މުވައްސަސާއާމެދު އޮތް ނުތަނަވަސްކަން ހައްލު ކުރާނަން: ޑރ ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މަޖިލީހުގެ ނިންމުމަށް އިހުތިރާމް ކުރަން، އެ މުވައްސަސާއާމެދު އޮތް ނުތަނަވަސްކަން ހައްލު ކުރާނަން: ޑރ ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް އިހުތިރާމް ކުރާ ކަމަށާއި، އެ މުވައްސަސާއާމެދު އޮތް ނުތަނަވަސްކަން ހައްލު ކުރައްވާނެކަމުގައި، އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްގެ އިމިނިސްޓަރ ޑރ. ހައިދަރުއާއި އޭޖީ އުޝާމްއަށްވެސް ރުހުން ނުދޭން އިއްޔެ ރައްޔިތުން މަޖިލީހުން ނިންމާފައިތުރުން ހައުސިން  ވެއެވެ. އެހެންނަމަވެސް ރައީސް މުއިއްޒުވަނީ ތިން ބޭފުޅުންވެސް އިއްޔެ އަލުން ވަޒީރުކަމަށް އައްޔަން ކޮށްފައެވެ.

އިއްޔެގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއަށް ރުހުން ނުދޭން ކުރީ، އޭނާއަށް ރުހުން ނުދޭން ފެންނަކަމަށް 31 މެމްބަރުން ވޯޓު ދީގެންނެވެ. އޭނާއަށް ރުހުންދޭން ފެންނަ ކަމަށް 30 މެމްބަރުން ވޯޓު ދީފައިވެއެވެ.

ދެވަނަ ފަހަރަށް ވަޒީރުކަމަށް އައްޔަން ކުރުމަށްފަހު، ޝަހީމަށް މަރުހަބާ ދެންނެވުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޖަލްސާގައ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަޖިލީހުގެ ނިންމުމާ މެދު ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ. މަޖިލީހުގެ ނިންމުންތަކަށް އަބަދުވެސް އިހްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ދިމިގްރާތީ ނިޒާމްގެ އެންމެ މަތީ އެއް މުއައްސަސާ. އެ މުއައްސަސާ އާއި އިސްލާމިކް މިނިސްޓްރީގެ ކަންކަން ހިނގަން ހުންނަ ފަރާތަކާ މެދު ނުތަނަވަސްކަމެއް އޮވެގެން ނުވާނެ. އެހެންވީމަ އެފަދަ ކަންތައްތަކީ ކޮބައިތޯ ބަލައި އެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާނަން.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އޭނާއަށް ލިބޭ ހިތްވަރަކީ ރައްޔިތުންގެ ފަރާތުން ލިބޭ އިތުބާރާއި ހެޔޮ ޝުއޫރުތައް ކަމަށެވެ. ސިޔާސީ ތޫފާނުގެ ތެރޭގައި އަންނަ ރޯޅީގައި އިސްލާމިކް މިނިސްޓްރީ ބަލިކަށިކޮށް ނުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން