އަހަރަކު 30 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެ: ޑރ. ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އަހަރަކު 30 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެ: ޑރ. ޝަހީމް

އަހަރަކު 30 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެންވިދާޅުވީ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

ވަޤުފު މަޝްރޫޢާއެކު އަހަރަކު 30 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ކަންކަން ކުރިއެރުވުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ "ނިކަން ބައްލަވާ ދާރުލް އީމާންގެ ވަގުފް އިމާރާތް ޤާއިމްކުރުމުން އަހަރަކު 6މިލިޔަން ރުފިޔާ ލިބޭ މިހާރު މިސްކިތް ފަންޑަށް. މިސްކިތް ފަންޑަށް ފައިސާ ލިބޭ އެ ނޫން އެހެން ޕްރޮޕަޓީއެއް ނުއެއް ނެތް. ކެބިނެޓުން މިހާރު ފާސްކޮށްފައި މިވަނީ ރާއްޖޭގައި އެންމެ ބޮޑު ވަގުފް އިންވެސްޓްމަންޓް ޤާއިމްކުރުމަށް. އެއާއެކު ކައުންސިލްތަކަށް ހުރި ދަތިތައް ފިލާދާނެ. މިސްކިތްތަކުގެ ޒީނަތްތެރިކަމާއި ސާފުތާހިރުކަން އިޔާދަވެގެންދާނެ." ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ހުޅުމާލޭގައި ތަރައްޤީކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ. ރާއްޖޭގައި ކުރިއަށްގެންދާ ވަޤުފުގެ ބޮޑު މަޝްރޫޢަކީ 200 މިލިޔަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.

 

 

މިއަދު އޮންލައިން