އަމާޒަކީ އިމާމުންނަކީ ޙަދީޘް ޢިލްމާ ޤުރްއާނުގެ ޢިލްމާ ޚުޠުބާ ކިޔުމާ ދަޢުވަތިދިނުމާ މިހެންގޮސް މުޖުތަމަޢުއާ ގުޅުންހުރި ކަންކަން އެނގޭ ބައަކަށްހެދުން!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 13ސ
އަމާޒަކީ އިމާމުންނަކީ ޙަދީޘް ޢިލްމާ ޤުރްއާނުގެ ޢިލްމާ ޚުޠުބާ ކިޔުމާ ދަޢުވަތިދިނުމާ މިހެންގޮސް މުޖުތަމަޢުއާ ގުޅުންހުރި ކަންކަން އެނގޭ ބައަކަށްހެދުން!: ޑރ. ޝަހީމް

ދެން މީގެ ތެރޭގައި މިހިމެނެނީ حَدِيْث އާއި އިސްލާމީ ޘަޤާފަތު ތި ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކީރިތި ރަސޫލު   ގެ حَدِيْث އެއީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަސްދަރު ކީރިތި ރަސޫލު حَدِيْث ފުޅުތަކުގެ މައްޗަށް އިސްލާމީ ޘަޤާފަތް އުފެދިގެން މިއަންނަނީ އެހެންވީމަ، އެ حَدِيْث ޢިލްމު އަޅުގަނޑުމެން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ.  

އޭގެ ތެރެއިން حَدِيْث އަކީ ضَعِيْفْ حَدِيْث އެކޭ ބުނީމަ އޭގެ މާނައަކީ ކޮބައިކަން ضَعِيْفْ مُسْطَلْهَقْ މާނައަކީ ކޮބައިކަން ضَعِيْفْ އަކަށް މިވަނީ ކިހިނެއްކަން مُطَوَآطِرْ حَدِيْث އަކަށް މިވަނީ ކިހިނެއްކަން مُطَوَآطِرْގެ މާނައަކީ ކޮބައިކަން މިކަންކަމަކީ މިއީ އަޅުގަނޑުމެން މުޖުތަމަޢުގެ ދީނީ އިމާމުންގެ ގޮތުގަ ތިބެ ލީޑަރުންގެ ގޮތުގަ ތިއްބަވާ ބޭފުޅުންނަށް ވަރަށް މުޙިއްމު މަޢުލޫމާތުތަކެއް. އިރާދަ ކުރެއްވިއްޔާމުން މިމާއްދާގަ ލިބިގެންދާނެ. حَدِيْث އާއި އިސްލާމީ ޘަޤާފަތް އެދެބައި އަޅުގަނޑުމެން އެވަނީ އިންޓަރގްރޭޓް ކޮށްފަ. 

އަށްވަނަ މާއްދާއަކަށް މީގެ ތެރޭގަ މިހިމެނެނީ ޤުރްއާނާ ބެހޭ ޢިލްމް ޤުރްއާންގެ ناسخه  منسوخ އަދި ޤުރްއާން ބާވައިލެއްވުމުން ދިޔަ ގޮތުގެ ވާހަކަ ޤުރްއާން ރައްކާތެރިކުރެއްވުމަށް ﷲ ކަނޑައަޅުއްވާފައިހުރި ކަންތައްތަކުގެ ވާހަކަ މިކަމާބެހޭ ޚާއްޞަ މޮޑިއުލް އެއް އެއީ. 

ނުވައެއްގަ މިއަންނަނީ اُسُوْلُ اَلدّعْوَ لخطآبة  ދަޢުވަތު ދިނުމުގެ އުސޫލު ތަކާއި ޚުތުބާ ނުވަތަ ޚިތާބާ ދިނުމުގެ އުސޫލްތައް ވަރަށް މުޙިއްމު ކަމެއް އެއީ އެކަމުގެ ހުނަރުވެރިކަން ދަސްކުރުން. ޚަތީބުން އެއީ ބަންގި ގޮވަން ދަސްކުރާ ފަދައިން ޚުތުބާދޭންވެސް ދަސްކުރަން އެބަޖެހޭ، ޚުތުބާއެއް ބަލައިގެން ކިޔާއިރުގަވެސް އެއީ ނުބަލާ ކިޔާ އެއްޗެއް ގޮތަށް ޚުތުބާ اِلْقَاء   ކުރުން އެއީވެސް ވަކި ޚާއްސަ ހުނަރެއް . ޚުތުބާ ކިޔަމުން ދާއިރުގާ މީހުންނަށް ބެލުންވެސް މިސާލަކަށް ޚުތުބާއެއް ކިޔަމުންދާއިރުގަ އެލިޔެފަ އޮންނަ އެއްޗެއް ކިޔަސް " މުސްލިމް އަޚުންނޭ" އެހެން ކިޔާވަގުތުގަ އޭނަ އެއަޚުންނާ ދިމާއަށް ބަލާލުމަކީވެސް އެއީ ހުނަރުގެ ތެރެއިން ހިމެނޭ ކަމެއް. އެހެންވީމަ މިފަދަ ހުނަރުތައް  اُسُوْلُ اَلدّعْوَ لخطآبة މިމާއްދާގަ އިމާމުންނަށް ކިޔައިދޭނެ.  

މިތާޒާ ކުރުމުގެ ޕްރޮގްރާމަކީ މީ ފަސް ދުވަހަށް ކޮންމެ ފަހަރެއްގަ ފަސް ދުވަހަށް ބޭއްވޭ ޕްރޮގްރާމަކަށް ވިނަމަވެސް ކޮންމެ ބުރެއްގަ ކޮންމެ ބަޔަކަށްވެސް ފަސް ދުވަސް ނުވަތަ ހަދުވަސް ބޭއްވުނު ނަމަވެސް އިރާދަ ކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ސެޓްފިކްޓް ލެވެލް  ނުވަތަ ފައުންޑޭޝަން ކޯހެއް ނުވަތަ ޑިޕްލޮމާ ކޯހެއްގަތިޔަ ބޭފުޅުންނަށް ލިބިގެންދާ މަޢުލޫމާތަށްވުރެ އެތަށް ގުނަ ފުރިހަމަ މަޢުލޫމާތުތަކެއް މިމޮޑިއުލްތަކުގެ ތެރެއިން ތިޔަބޭފުޅުންނަށް ﷲ އިރާދަކުރެއްވިއްޔާމުން ލިބިގެންދާނެ.  

މީ ވަރަށް ގާތުން އަޅުގަނޑުމެން ތިބިގެން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓެއް. މި ޑޮކިއުމެންޓަކީ. މީގެ ބޭނުމަކީ މިހާރުގެ މިސްކިތްތަކުގެ އިމާމުންގެ ގޮތުގަ ތިއްބެވި ބޭފުޅުންނަކީ ޢިލްމީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުން. ހަމައެކަނި ސެޓްފިކެޓް ލެވެލް ކޯހެއް ހަދާފަ އިމާމަކަށް ވެގެންތިބޭ ތިބުން ނިމުމަކަށް ގެނައުން. ޢިލްމީގޮތުން ފުންނާބުއުސް މަޢުލޫމާތު ހުރި އެކަށީގެންވާ ޢިލްމުވެރިން މެދުވެރިކޮށް އުނގަންނައި ދެވިފައިވާ ވަރުގަދަ ޝަޚްސިއްޔަތުން ތަކަކަށް ހެދުން މިޕްރޮގްރާމްގެ އަމާޒަކީ މީ.  

އެހެންވީމަ މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ފެބްރުއަރީ މަހުގެ ތެރޭގަ ހުވަދު އަތޮޅުގަ ފެށިގެން މިދަނީ. އޭގަ 77 އިމާމުން ބައިވެރިވާނެ. އަޅުގަނޑުމެންގެ އަމާޒަކީ 2024 ނިމިގެން ދާއިރުގަ ރާއްޖޭގެ ހުރިހާ އިމާމުން  މިޕްރޮގްރާމް ނިންމާފައިވުން. ﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ އިމާމުން މާލޭ ސިޓީގެ އިމާމުންވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ އިމާމުންވެސް، މެދުރާއްޖެތެރޭގެ އިމާމުންވެސް، ހުރިހާ ބޭފުޅުން 2024ވަނަ އަހަރު ނިމިގެން ދާއިރުގަ މި ޕްރޮރާމް އެއްކޮށް ފުރިހަމަ ކުރައްވާނެ.  

- 700 އިމާމުން ތާޒާކުރުމުގެ މަޝްރޫޢޫ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ދެއްކެވި ވާހަކަފުޅުން-

 

މިއަދު އޮންލައިން