އިމާމުންނަށް މާސްޓަރސް، ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ! އޮނިގަނޑު ބަދަލުވުމުން ލިބޭ އުޖޫރައަށްވެސް ހެޔޮ ބަދަލެއް އަންނާނެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 31ސ
އިމާމުންނަށް މާސްޓަރސް، ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ! އޮނިގަނޑު ބަދަލުވުމުން ލިބޭ އުޖޫރައަށްވެސް ހެޔޮ ބަދަލެއް އަންނާނެ!: ޑރ. ޝަހީމް

އަދި އެހިސާބުން (އިމާމްކޯސް ރާއްޖޭގަ ފުރިހަމަކޮށްލުމަކުން) ނިމުނީކީ ނޫން އިމާމުންގެ ކަންތައްތަކުގަ. އަޅުގަނޑުމެން ބޭނުންވަނީ އިމާމުން ރާއްޖެއިން ބޭރުގެ ތަމްރީންތަކަށްވެސް ފޮނުވުން. އަޅުގަނޑު ކުރިންވެސް މިތާނގަ ވަޒީރުކަން ކުރެއްވި ދުވަސްވަރުގަ އިމާމުން ބަރށް ފޮނުވިން. މެލޭޝިޔާއަށްވެސް އެކިއެކި ވަފުދުތައް ފޮނުވިން. މިފަހަރު އަޅުގަނޑުމެންގެ އެ ތަމްރީން ޕްރޮގްރާމްތައް މެލޭޝިޔާއަށްވެސް ދާނެ، ސައުދީ ޢަރަބިޔައށްވެސް ދާނެ، މިސްރަށްވެސް ދާނެ، ބުރޫނާއީއަށްވެސް ދާނެ، އިންޑޮނޭޝިޔާއަށްވެސް ދާނެ. މިހުރިހާ ޤައުމުތަކަށް ﷲ އިރާދަކުރެއްވިއްޔާމުން އިމާމުން އަޅުގަނޑުމެން ފޮނުވައިދޭނަށް ތަމްރީނަށް. 

އަދި އަޅުގަނޑުމެންގެ ވިސްނުމުގައި އެބައޮތް ތައިލެންޑަށްވެސް ފޮނުވުން. އެކަމަކު އެނބުރި އަންނަން ޖެހޭނެ. ތައިލޭންޑޭ މިދެންނެވީ ތައިލޭންޑްގަ އެބަހުރި ވަރަށް ވަރުގަދަ އިސްލާމީ ޔުނިވަރސިޓީއެއް، އެއީ މިސްރާއި ސައުދި ޢަރަބިއްޔާއި މެލޭޝިޔާ ތަންތަނުން އަޅުގަނޑުމެންނާއެކު ކިޔަވަން ތިއްބެވި ބައެއް ބޭފުޅުން އެޅުއްވު ބައެއްބޭފުޅުން އަދި އަޅުގަނޑުމެންނަށްވުރެ ދޮށީ ޖީލުގެ ބޭފުޅުންވެސް އެބޭފުޅުންގެ ޤައުމަށް އެނބުރި ވަޑައިގެން އުފައްދަވާއިފައިވާ ތަޢުލީމީ މުޢައްސަސާތައް އެބަހުރި. އެތަންތަނުން އަޅުގަނޑުމެންގެ ބޭފުޅުންނަށް ކިޔެވުމާއި ތަޢުލީމް އުނގެނުމުގެ މަގު ވަނީ ފަހިކޮށްދެއްވާފަ.  އެވާހަކަ އަޅުގަނޑު މިދެންނެވީ. ދެން އަޅުގަނޑު ކަންބޮޑުވާ ކަމެއްގަ ވާހަކަ މިދެންނެވީ އެކޮޅަށް ވަޑައިގެންފިއްޔާ ތިބޭފުޅުން އެނބުރި ވަޑައިގަންނަވަން ޖެހޭނެ އިނގޭތޯ! 

ދެން މޮރޮކޯއާށް ފޮނުވަންވެސް އެބައޮތް މޮރޮކޯގެ އެމްބަސަޑަރ އާއި އަޅުގަނޑާއި ބައްދަލުވެ  އެވާހަކަ އަޅުގަނޑު ދެއްކީމު. މިހާރު އޭގެ ޖަވާބު އައިސްފަ އެބައޮތް އަޅުގަނޑުވާނެ އިމާމުންގެ ސެކްޝަން ބޭފުޅުންނަށް އެ ފޯރުކޮށްދީފަ. މޮރޮކޯގެ  ވަރަށް ޚާއްސަ އެކަމަށް ހުރި އިނސްޓިޓިއުޓްއަކުން އަޅުގަނޑުމެންގެ އިމާމުން ތަމްރީން ކުރުމަށް ފުރުސަތު ފަހިވެފަ މިހާރު ވަނީ އިރާދަ ކުރެއްވިއްޔާ .

ދެން މީގެ އިތުރުން ޑިގްރީ ހައްދަވާފައި ތިއްބެވި ބޭފުޅުން މާސްޓަރސްއަށް ކިޔެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާމުން ސްކޮލަރޝިޕް ފަހިކޮށްދޭނަން. މާސްޓަރސް ޕްރޮގްރާމް ނިންމަވާފައިވާ ބޭފުޅެއް ވެއްޖިއްޔާމުން ޕީއެޗްޑީއަށް އަޅުގަނޑުމެން ސްކޮލަރޝިޕް ފަހިކޮށްދޭނަން. އަޅުގަނޑުމެންގެ މިއަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގަ ވަނީ އެވާހަކަތައް ލިޔެފަ. އެހެންވީމަ، މިއަހަރަކީ ތިޔަބޭފުޅުންނަށް އިމާމުންނަށް ފަހި އަހަރަކަށްވުން 

އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން އަދި މިނސްޓްރީގެ ފަރާތުން ބޭނުން ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް އެރުވުން. ތިޔަބޭފުޅުންގެ ޢިލްމީ ހައިސިއްޔަތު ރަނގަޅު ކުރެއްވުމަށް. ޢިލްމީގޮތުން އިތުރު ހަރުފަތަކަށް ދިޔުމަށް. އެއީ ވަރަށް މުޙިއްމު ކަމެއް. ކޮންމެހެން ކޯހެއް ހަދާއިރު އެ އިމާމް ޑިގްރީ ކޯހަކަށްވާކަށް ލާޒިމެއްނޫން. އެއީ އިސްލާމީ ދާއިރާއާއި ގުޅޭ ކޯހަކަށް ވުމުން ފެދޭ. ފަހަރެއްގަ ވެދާނެ އިސްލާމީ ޝަރީޢާ އާގުޅޭ ކޯހެއް.  އިމާމްކަމުގެ ޢިލްމް އޭގަ ހިމެނޭނެ. އަދި މާސްޓަރސް ޕްރޮގްރާމް ހައްދަވަންޏާމް އެއީ ދެން ވަރަށް ބައިވަރު މާސްޓާރސް ހަދާފަ ހުރިމީހެއް ދެން އިތުރު މާސްޓަރސް ހަދާކަށް އެހެނެއްނޫން މިދެންނެވީކީ، އޭނަގެ ފުރަތަމަ މާސްޓާރސް ޕްރޮގްރާމް ހަދަން މިތަނުން އިރާދަ ކުރެއްވިއްޔާ އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން. ކޮންމެ އަހަރު ކަނޑައެޅޭ ވަކި އަދަދަކަށް އުސޫލެއްގެ ތެރެއިން. ހަމަ އެގޮތަށް ޕީއެޗްޑިއަށް އެ ކޮންމެހެން އިމާމް ޕީއެޗްޑީ ކިޔާ ޕްރޮގްރާމެއްނޯންނާނެ. އެކަމް އިސްލާމީ ޢިލްމްގެ ދާއިރާއިން މިސާލަކަށް އުސޫލުއްދީން ނޫނީ  حَدِيْث ޢިލްމް ނޫނިއްޔާމުން ޤުރްއާންގެ ޢިލްމް މިއިން ކޮންމެ ދާއިރާއަކުން އޭނައަށް އެޢިލްމާއި އިމާމްކަމުގެ ޢިލްމާއި ގުޅޭ ދާއިރާ އެއްވެއްޖިއްޔާމުން އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ އެހީތެރިކަން ފޯރުކޮށްދޭވޭނެ ވުޒާރާގެ ފަރާތުން. 

މި ވުޒާރާއަކީ މީ ތިޔަ ބެފުޅުންގެ ވުޒާރާ މިތަނުގެ ކަންކަމުގަ އިމާމް ބޭފުޅުން އިރުޝާދު ދެއްވަންވީ. ކަންތައްތައް ކުރިޔަށް ގެންދަންޖެހޭ ގޮތްތަކާއި ބެހޭގޮތުން ޚިޔާލު ފުޅުތައް އަރުވަންވީ. އިރާދަ ކުރެއްވިއްޔާ މިތަނުން ތިޔަބޭފުޅުންގެ ޚިޔާލުފުޅުތައް  އަޑުއަހާނެ މަޝްވަރާ ތައް އަޑުއަހާނެ އޭގެ މާނައެއްނޫން ހުރިހާ މަޝްވަރާއަކަށް ޢަމަލު ކުރާނެއެކޭ. މަޝްވަރާއަކީ އެމީހާއަށް ފެންނަ ހެޔޮލަފައެއް ދިނުން. އަދި މިތަނުގެ ތިބޭ މީހުންވެސް ކަންތައްތައް ކުރާނީ އިރާދަކުރެއްވިއްޔާ އޮންނަ އެންމެ ރަނގަޅު މަސްލަޙަތު އޮންނަ ގޮތަކަށް އިރާދަ ކުރެއްވިއްޔާ. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ މުސާރައާއި ގުޅޭ ކަންތައްތަކަށް އާ އޮނިގަނޑާއި މިކަންކަންވެސް ތަރުތީބުވެފަ ހުރިކަން. އެކަމަކު ރާއްޖެ މިވަގުތު މިއޮތް އިގްތިސާދީ ދަތިކަމުގެ ތެރެއިން ކަންކަން މަޑުޖެހިފަ އޮތެއްކަމަކު އެއީ އެހެން މަޑުޖެހިފަ އޮންނާނެ ކަމެއްނޫން. އިރާދަ ކުރެއްވިއްޔާމުން ވަރަށް އަވަހަށް ތިޔަބޭފުޅުންގެ އާ އޮނިގަނޑަށް ތިޔަ ބޭފުޅުން ބަދަލުވެ އިމާމުންގެ ހުރިހާ ކަމެއްވެސް އިރާދަ ކުރެއްވިއްޔާމުން ރަނގަޅުމަގަށް އެޅިގެންދާނެ. 

ان شاء الله ﺗﻌﺎﻟﯽٰ  އޅުގަނޑުގެ ވާހަކަ ދިގުކުރާކަށް ނެތިން. އަޅުގަނޑަށް ވަރަށް ފަހުން  މިތަނުން އަޅުގަނޑުމެންގެ ޢިއްޒަތްތެރި شَيْخ ވާހަކަފުޅު ދައްކަވާނެ. އިރާދަ ކުރެއްވިއްޔާމުން އިމާމުންނާއި ގުޅޭ ތަމްރީން ތަކުގެ مُشْرِفْ އަކަށް ހުންނަވާނީ  އިސްލާމީ މަރުކަޒުގެ އިސް އިމާމު فضيلةالشَيْخ مُحَمَّدُ لَطِيْفْ  . އިމާމުންނާއި ގުޅޭ ހުރިހާ ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ދާނީ އެބޭފުޅާގެ މަޝްވަރާއާ  الشورى ގެ ދަށުން. އަދި މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް މިހާރުވަނީ އެކުލަވާލެވިފަ އޭގެ ބައެއްކަންކަން އިތުރަށް ފުރިހަމަ ކުރަން ޖެހޭތީ އިރާދަކުރެއްވިއްޔާމުން ކުރިޔަށް މިއޮތް ދުވަސްތަކުގަ އެމަޖިލިސްގެ ކަންތައްތައް ޢަމަލީގޮތުން ފެށިގެންދާނެ. އެމަޖިލީހަކީ އެއީ، މިސްކިތްތަކާއި އިމާމުންނާއި ގުޅޭ ކަންކަމުގަ إِسْتِشَاريْ  ލަފާ ވުޒާރާއަށް އަރުވާ މަޖިލީހެއް. މިސްކިތްތަކާއިބެހޭ ޤައުމީ މަޖްލިސް. އޭގެ ތެރެއިން ދެވޭ ލަފަޔާ އިރުޝާދު އަދި އިމާމުން ތަމްރީން ކުރުމުގެ ކަންތައްތައް ހިމެނިގެންދާނެ. ان شاء الله ﺗﻌﺎﻟﯽٰ  އިމާމުންނާއިގުޅޭ ކަންކަމަށް ފަހި ދުވަސްތަކެއް އަންނާނެ. މިކަންކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަމެއް އިމާމުންގެ ކަންތައްތައް ރަނގަޅު ކުރެއްވުމަކީ އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް ވަނީ އެމަނިކުފާނުގެ އިރުޝާދު ލިބިފަ. އިރާދަކުރެއްވިއްޔާމުން އެއާ އެއްގޮތަށް އުއްމީދުތައް ޙާޞިލް ކުރެވޭތޯ އަޅުގަނޑުމެންގެ އެކްޝަން ޕްލޭނާ އެއްގޮތަށް އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ފުރިހަ ޔަޤީންކަން އަޅުގަނޑު އަރުވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّهِ وَبَرَكاتُهُ 

- 700 އިމާމުން ތާޒާކުރުމުގެ މަޝްރޫޢޫ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ދެއްކެވި ވާހަކަފުޅުން-

މިއަދު އޮންލައިން