އިންތިޚާބީ ރައީސް ހުވާކުރާ ރަސްމިއްޔާތަށް ވީހާވެސް އަވަހަށް ގަލޮޅު ދަނޑަށް ވަނުމަށް އެދިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
އިންތިޚާބީ ރައީސް ހުވާކުރާ ރަސްމިއްޔާތަށް ވީހާވެސް އަވަހަށް ގަލޮޅު ދަނޑަށް ވަނުމަށް އެދިއްޖެ

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރާ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ގަލޮޅު ދަނޑަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން އެދިއްޖެ އެވެ.

 

ރައްޔިތުންގެ މަޖިލީހުން މިރޭ އާއްމުކުރި ދެންނެވުމެއްގައި ބުނެފައި ވަނީ، ގަލޮޅު ދަނޑުގައި އޮންނަ އެ ރަސްމިއްޔާތަށް އެންމެ ފަހުވަގުތު ވަޑައިގަތުމަށް މަޑުނުކުރައްވައި ވީހާވެސް ކުރިން ވަޑައިގަންނަވަން އެދޭ ކަމަށެވެ.

 

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރުމުގެ ރަސްމިއްޔާތު ފަށަން ހަމަޖައްސާފައި އޮތީ ހަވީރު 5:00 ގަ އެވެ.

 

ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުން ދަނޑަށް ވައްދަން ފަށާނީ ހޮނިހިރުދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ. 

މިއަދު އޮންލައިން