މޯލްޑިވިއަންއިން އޭޕްރީލް 25 ވަނަ ދުވަހުން ފެށިގެން ލަންކާ އަށް ދަތުރުތައް ފަށަނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 34ސ
މޯލްޑިވިއަންއިން އޭޕްރީލް 25 ވަނަ ދުވަހުން ފެށިގެން ލަންކާ އަށް ދަތުރުތައް ފަށަނީ

ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ސްރީލަންކާ އަށް އޭޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިކަމާގުޅިގެން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ މަންޒިލްތަކަށް އެ އެއާލައިނުން ކުރާ ދަތުރުތައް ފުޅާކޮށް، ރާއްޖެ މުޅި ދުނިޔެއާ ގުޅުވާލުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެކިއެކި ބޭނުންތަކުގައި ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ މީހުންނަށް މި ދަތުރުތަކުގެ ސަބަބުން ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވަނީ މި ދަތުރުތަކަށް މިއަދުން ފެށިގެން ޓިކެޓް ބުކް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

މިއަދު އޮންލައިން