އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީގޮތުން ރައްކާތެރި ބޯޓެއް: އައިލެންޑް އޭވިއޭޝަން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީގޮތުން ރައްކާތެރި ބޯޓެއް: އައިލެންޑް އޭވިއޭޝަން

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީގޮތުން ރައްކާތެރި ބޯޓެއް ކަމަށް ޤައުމީ އެއަރލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން އިން ބުނެފިއެވެ.

އެއަރ އެމްބިއުލާންސްގެ ސަލާމަތާއި ރައްކާތެރިކަމާގުޅުވާ ތަފާތު ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި އައިލެންޑް އޭވިއޭޝަނުން ނެރުރު ބަޔާނެއްގައި ބުނެފައިވަނީ އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީގޮތުން ރައްކާތެރި ބޯޓެއްކަމަށާއި އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ބަދަލުތައް ގެނައުމުގެ ކުރިން އެ ބޯޓަކީ އެކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރަމުންދިޔަ ބޯޓެއްކަމަށެވެ.

މަތިންދާ ބޯޓް ދުއްވުމުގައި އަބަދުވެސް އިސްކަންދޭނީ ކްރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްކަން ޔަޤީންކޮށްދޭކަމަށްވެސް އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން