އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 7ސ
އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފި

އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފިއެވެ.

މިމިސްކިތް ހުޅުވައިދެއްވީ މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހޮސްޕިޓަލެއްގައި މިސްކިތެއް ހުރުމަކީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށާއި ބަލި މީހުންގެ އެހީތެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށާއި އަދި ހޮސްޕިޓަލުގައި ތިބެ މިސްކިތެއްގައި ނަމާދުކުރެވޭ ގޮތް ވުމަކީ ބަލި މީހުންނަށާއި އެހީތެރިންނަށް މަޢުނަވީ ގޮތުންނާއި ރޫޙާނީ ގޮތުން ބޮޑު ހިތްހަމަޖެހުމަކާއި ބަލިން ރަނގަޅުވުމުގެ އުންމީދު ލިބޭނެ ކަމެއްކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ "އައިޖީއެމްއެޗްގައި ނަމާދުކުރެވޭނެ އެކަށޭނަ ތަނެއް ޤާއިމްކުރުމަކީ ރައީސް އަޅުގަނޑަށް ދެއްވި އިރުޝާދެއް. މިތަން ބޭނުންކުރަމުން ދިޔައީ ޖަންކް ޔާރޑެއްގެ ގޮތުގައި. އަޅުގަނޑުމެން ނިންމީ މިތަން ރޯދަމަސް އައުމުގެ ކުރިން ނަމާދުކުރެވޭނެ މިސްކިތެއް މިތަނުގައި ޤާއިމްކުރަން." ކަމަށެވެ.

މިމިސްކިތުގައި އެއް ފަހަރާ 100 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެއެވެ.

މިއަދު އޮންލައިން