އެއްވެސް މިސްކިތެއްގެ އަޑު ކަނޑުވާލުމަކީ ކުރައްވާނެ ކަމެއް ނޫން: ޑރ.ޝަހީމް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 41ސ
އެއްވެސް މިސްކިތެއްގެ އަޑު ކަނޑުވާލުމަކީ ކުރައްވާނެ ކަމެއް ނޫން: ޑރ.ޝަހީމް

އެއްވެސް މިސްކިތެއްގެ އަޑު ކަނޑުވާލުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ އެއްވެސް މިސްކިތެއްގެ އަޑު ކަނޑުވާލުމުގެ ވާހަކައެއް ނުދައްކަވާ ކަމަށާއި، އެއީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގައި މަޤްސަދުތަކާއި ޤަވާޢިދުތައް ކަނޑައެޅިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގޭބީސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރުން ރަނގަޅީ މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުން ކަމަށެވެ. އަދި ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ކުރުން ކަމަށެވެ.

މިއަދު އޮންލައިން