ޑރ. ޝަހީމް ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލައްވައިފި! ސާޖަރީއެއް ކުރަންޖެހޭތީ އެދިވަޑައިގަންނަވަނީ އެންމެންގެ ހެޔޮ ދުޢާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޑރ. ޝަހީމް ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލައްވައިފި! ސާޖަރީއެއް ކުރަންޖެހޭތީ އެދިވަޑައިގަންނަވަނީ އެންމެންގެ ހެޔޮ ދުޢާއަށް!

"ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްޙީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލި ވާހަކަ ދަންނަވަން. ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހެޔޮ ދުޢާއަށް އެދެން. ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދުކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުޤުވެރިކަމާއެކު ކުރާކަމެއް. މާތް ﷲ ތައުފީޤު ދެއްވާށި. އާމީން." 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު  

ޔާ ﷲ! އަލްޙާފިޡް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވަވާނދޭވެ! ސާޖަރީ އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުވެ އަވަސްގޮތަކުން އިމާމްވެ ނަމާދުކުރެއްވޭނެ މަގު ފަހިކޮށްދެއްވަވާނދޭވެ! އާމީން

- މިއަދުނޫސް ޓީމާ ޓީމުގެ ހުރިހާ މެންބަރުންގެ ޢާއިލާތަކުގެ ފަރާތުން

 

މިއަދު އޮންލައިން