ދާއިމީ ގޮތެއްގައި ޔަތީމު ކުދިންނަށް މާލީ އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމުކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ދާއިމީ ގޮތެއްގައި ޔަތީމު ކުދިންނަށް މާލީ އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމުކުރަނީ

ދާއިމީ ގޮތެއްގައި ޔަތީމު ކުދިންނަށް މާލީ އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެ ކަމަށް  އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޔަތީމު ކުދިންނަށް ޒަކާތު ހައުސްއިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަމާއި، މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބޭނެކަމަށެވެ.

ޒަކާތު ހައުސްއަކީ ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މިއަދު އޮންލައިން