ޑެންގީ ޖެހިގެން 6 ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ޑެންގީ ޖެހިގެން 6 ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

ޑެންގީ ޖެހިގެން 6 ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް އެހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ޑރ.ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑެންގީ ހުން ޖެހިގެން 6 ތުއްތު ކުއްޖަކަށް މިހާރުވެސް އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަކަން ފާހަގަކޮށް އެބަލިން ރައްކާޓެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާކަމަށާއި އެޑްމިޓްކޮށްގެން ފަރުވާދޭ ބައެއް ކުދިންގެ ހާލުދެރަވެގެން ލޭވެސް އަޅަން ޖެހޭއިރު މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާން ނައްތާ ނުލުމަށެވެ.

މިދުވަސްވަރު ހަލުވިކަމާއިއެކު ޗިކުން ގުންޔާއާ ޑެންގީ ހުން ފެތުރެމުންދާތީ ބަލިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން