އެއަރ އެމްބިއުލާންސް ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 124 ދަތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
އެއަރ އެމްބިއުލާންސް ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 124 ދަތުރުކޮށްފި

އެއަރ އެމްބިއުލާންސް ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 124 ދަތުރުކޮށްފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ. 

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ އެއަރ އެމްބިއުލެންސްގެ ޚިދުމަތަކީ ރައްޔިތުންނަށް ވަރަށް މުހިއްމު ޚިދުމަތެއް ކަމަށާއި މިވީ 2 މަސް ދުވަސްތެރޭ 124 ދަތުރު ކުރެވިފައިވާއިރު، މިއީ އެވްރެޖްކޮށް ދުވާލަކަށް 2 ދަތުރު ކަމަށެވެ.

އެއަރ އެމްބިއުލާންސް"ގެ ޚިދުމަތް ރާއްޖޭގައި ފެށީ މަރިޗް މަހުގެ 1ވަނަ ދުވަހުއެވެ. މި ޚިދުމަތުގައި ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އަދި އޭޕްރިލް 15 އިން ފެށިގެން މި ޚިދުމަތުގައި ސީ ޕްލޭންވެސް ވަނީ ބޭނުންކުރަން ފަށާފައެވެ.

މިއަދު އޮންލައިން