އާދެ ދެން އެންމެ ފަހުން އަޅުގަނޑުމެން ކުރި ބައެއް ދަތުރު ތަކަށް ވެސް އަޅުގަނޑު އަލި އަޅުވާލަން ގަސްދުކުރަން. މުސްލިމޯޑްލީޤް ނުވަތަ ރާބިތަތުލް ޢާލިމިލް އއިސްލާމީގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް އަޅުގަނޑު އައްޔަން ވުމާ ގުޅިގެން އެ ބައްދަލުވުމަށް އަޅުގަނޑު ދިޔައީމު.
އަޅުގަނޑުމެންގެ ބޭނުމަކީ ދިވެހިރާއްޖެއާ އިސްލާމީ ދުނިޔެއާ މިއޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުން. ދިވެހިރާއްޖެއަކީ އިސްލާމީ ދުނިޔޭގެ ބައެއް. އިސްލާމީ ދުނިޔޭގެ ވަރަށް މުހިއްމު ބައެއް ދިވެހިރާއްޖެއަކީ. ދިވެހިރާއްޖެއަކީ 100 ޕަސެންޓް މުސްލިމު ޤައުމަކަށްވެފަ އިސްލާމީ އުއްމަތަށް ދިވެހިރާއްޖެއާ އޮންނަންޖެހޭ ގުޅުން ވަރުގަދަ ވާންޖެހޭ. ގާތްކަމެއް އޮންނަންޖެހޭނެ.
އެހެން ކަމުން އަޅުގަނޑުމެންގެ ސަރުކާރުގެ އިސްލާމީ ތަސައްވަރު ވާނެ އެކިއެކި ބޭރުގެ ފަރާތްތަކާ ހިއްސާ ކުރެވިފަ. މުސްލިމޯޑްލީގް، ވޯލްޑް އެސެމްބްލީ އޮފް މުސްލިމްޔޫތް، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް، އިސްލާމީ މާލީ އިދާރާތައް، އިސްލާމީ ތައުލީމީ އިދާރާތަށް، އިސްލާމީ ފިކުރީ އިދާރާތައް. މީގެ ނަތީޖާ އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގަ ފެނިގެންދާނެ.
އަޅުގަނޑުމެންނަށް އެކި ޤައުމުތަކުން ދައުވަތު އެބަހުރި ލިބިފަ. މިސްރުން، ޤަތަރުން، ތުރުކީން، ޕާކިސްތާނު އެކިތަންތަނުން އިސްވެ އަޅުގަނޑުމެންނަށް ދައުވަތު އެބަ ލިބޭ. އިސްލާމިކް މިނިސްޓްރީއާއި އެ ތަންތަނަށް ޒިޔާރަތްކޮށް އެހީތެރިކަމާއި އެއްބާރުލުމުގެ ސަފްޙާތައް ހުޅުވާލަން. އެއީ ވަރަށް ރަނގަޅު ފާލެއް އަޅުގަނޑު ދެކޭ ގޮތުގަ. އިންޝާﷲ ތަޢާލާ، އެކަން އެގޮތުގަ ކުރިއަށް ދާނެ.
- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުން