މިސަރުކާރު ދެމިއޮންނާނީ ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދޭން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމުގަ: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިސަރުކާރު ދެމިއޮންނާނީ ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދޭން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމުގަ: ޑރ. ޝަހީމް

އޯ.އޭ.ސީ ގެ ސަމިޓްގަ އަޅުގަނޑު މިއައީ ރައީސުލް ޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުން ބައިވެރިވެފަ. ރައީސުލް ޖުމްހޫރިއްޔާގެ ސަރުކާރުގަ އެންމެ މުހިއްމު ކަމެއްދޭ މައްސަލައަކީ ފަލަސްތީނުގެ މައްސަލަ. ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ ދިފާއުގަ އަޑުއުފުލުމަކީ މި ސަރުކާރުގެ އެންމެ ވަރުގަދަ އެއް ސްޓޭންޑް ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އޯ.އޭ.ސީ ގަ އަޅުގަނޑު ސްޓޭޓްމެންޓްދިނީ ރާއްޖޭގެ، ފަލަސްތީނުގެ ދިފާއުގަ ފަލަސްތީނު ރައްޔިތުންގެ ދިފާއުގަ، އިސްލާމް އެފްއޯބިއާ އާ ދެކޮޅަށް ވަކާލާތު ކުރުމަށް. އަދި ރޮހެންޏާ ބަރުމާ މުސްލިމުންގެ ނުވަތަ މިއަންމާ މުސްލިމުންގެ ދިފާއުގަ ސަރުކާރުން ވަނީ އަޑު އުފުލާފަ. 

ދިވެހިރާއްޖޭގެ ސްޓޭޓްމެންޓަކީ އެއީ އޯ.އޭ.ސީ އާއި ޤައުމުތަކުން ވަރަށް ބޮޑަށް ބަލައިގަތް ސްޓޭޓްމެންޓެއް. ފާހަގަކުރޭ، ރާއްޖޭގެ ސިޔާސަތު. ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ޝުކުރު ދަންނަވަން ފަލަސްތީނަށްޓަކާ ކުރަން ޖެހޭ މަސެއްކަތްތައް ކުރުމުގަ އަޅުގަނޑުމެން އިންޝާﷲ ދެމި ތިބޭނަން. އެއީ ރާއްޖޭގެ ރައްޔިތުންގެ ވަރަށްވެސް މުހިއްމުކަން ދޭ މައްސަލައެއް. އަޅުގަނޑުމެން މިނިސްޓްރީގެ ފެންވަރުގަ އަޅުގަނޑުމެންނަށް އެކަމަށް ދެވެން އޮތް ހުރިހާ ސަޕޯޓެއް އިރާދުކުރެއްވިއްޔާމު އަޅުގަނޑުމެން ދެމުންގެންދާނަން. 

- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުން

 

މިއަދު އޮންލައިން