ދުނިޔޭގެ އިމަޖެންސީ މެޑިސިން ދުވަސް އައިޖީއެމްއެޗުން ރަސްމީކޮށް ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ދުނިޔޭގެ އިމަޖެންސީ މެޑިސިން ދުވަސް އައިޖީއެމްއެޗުން ރަސްމީކޮށް ފާހަގަކޮށްފި

ދުނިޔޭގެ އިމަޖެންސީ މެޑިސިން ދުވަސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، (އައިޖީއެމްއެޗް) އިން ރަސްމީކޮށް ފާހަގަކޮށްފިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވި މިރަސްމީއްޔާތުގައި ނައިބު ރައީސްގެ އިތުރުން، މަސްވެރިކަމާއި ބެހޭ ވަޒީރު، ޤައުމީއްޔަތާއި ބެހޭ ވަޒީރު އަދި ކުޅިވަރާއި ބެހޭ ވަޒީރުގެ އިތުރުން އިތުރުން އިދާރީދައިރާތަކާއި ބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ސަރުކާރުގެ އިސްވެރިން މި ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމީއްޔާތުގައި ބައިވެރިންނަށް ވަނީ އިމެޖެންސީ މެޑިސިންއާއި ގުޅޭ މަޢުލޫމާތު ދީފައެވެ. އަދި ސީޕީއާރް ދަސްކޮށްދިނުމަށް ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ ދުނިޔޭގެ އެމެޖެންސީ މެޑިސިން ދުވަހުގެ ޝިޢާރަކީ "މޫސުމަށް އަންނަ ބަދަލަކީވެސް ސިއްޙީ ކުއްލި ޙާލަތު" އެވެ.

މިއަދު އޮންލައިން