ޙައްޖަށްދާން ފައިސާދެއްކިޔަސް ދެވޭނެ އަހަރު ޔަޤީންނުވެ ތިބެންޖެހުން ނިމުމަކަށް ގެނެވިއްޖެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ޙައްޖަށްދާން ފައިސާދެއްކިޔަސް ދެވޭނެ އަހަރު ޔަޤީންނުވެ ތިބެންޖެހުން ނިމުމަކަށް ގެނެވިއްޖެ!: ޑރ. ޝަހީމް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ކަންތައްތަކަކީ ދިވެހި ސަރުކާރުން ވަރަށް މުޙިއްމުކަން ދެއްވާ ކަމެއް. ހާއްސަކޮށް ރައީސުލް ޖުމްޙޫރިއްޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ޙައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކަށް ދެއްވާ. ޙައްޖު ކޯޕަރޭޝަން މިއަދު ހެދިފަ އޮތީމަ އިރާދުކުރެއްވިއްޔާމު މިއަދު އެމީހާޔަށް އިރާދުކުރެއްވިއްޔާ ޔަޤީންކަން އެބައޮތް ތިމަންނައަށް މިވެނި އަހަރެއްގަ އޮތީ ޖާގަ ލިބިފަކަން. 

މީގެ ކުރިން އެ އިތުބާރެއް ނޯވެ. އެމީހާއަށް ލިބިދާނެ ޖާގައެއް ލިބިދާނެއޭވެސް، އެހެން އެމީހަކަށް ލިބިފައޮންނަ ފުރުޞަތެއް ނޫން. އެކަމަކު ޙައްޖު ކޯޕަރޭޝަނުން މިހާރު އެބަބުނޭ މިވެނި އަހަރެއްގައި ތިބޭފުޅާއަށް އެބައޮތޭ ދެވެން. 

އެހެންމަ މީ މުސްތަޤްބަލަށްޓަކާވެސް، ދަރިންނަށްޓަކާވެސް އަޅުގަނޑުމެން ޙައްޖު ކޯޕަރޭޝަން އަށް އެހީތެރި ވާންވީ. ކުޑަކުދިންނަށްޓަކައިވެސް ފައިސާ ދައްކާފަ، ކުރިއާލާ މިކަމާ ތައްޔާރުވާންވީ. އެހެން ޤައުމުތަކުގަ 

މިކަން ކުރާ ގޮތަށް. މެލޭޝިޔާ ފަދަ ޤައުމުތަކުގަ. ކުރިއާލާ ކުޑަކުޑަ ލާރިކޮޅެއްނަމަވެސް ދައްކާފަ ބަހައްޓަނީ. ޖާގަ ކަށަވަރު ކޮށްފަ ބާއްވަނީ. 10 އަހަރު ވާއިރު އެކުއްޖާގެ އުމުރުން 10 އަހަރުވާއިރު، އެކުއްޖާގެ އުމުރުން 20 އަހަރު ވާއިރުގަ، އެކުއްޖާގެ އުމުރުން 15 އަހަރުވާއިރު އެކުއްޖާއަށް ހުންނާނީ ޖާގަ ލިބިފައޭ، ޙައްޖަށް ދާންވާ ދުވަހަށް. މިގޮތަށް މިކަންކަން  ރަނގަޅަށް ތަރުތީބު ވެފަ މިއަދު އެވަނީ ޙައްޖު ކޯޕަރޭޝަންގެ. ރައީސލުން ޖުމްޙޫރިއްޔާގެ ވަރަށް މުޙިއްމު އަމާޒެއް ޙައްޖު ކޯޕަރޭޝަން ތަރައްޤީ ކުރުމަކީ. ޙައްޖު ކޯޕަރޭޝަން އަދި މިވަނީ ޅަފަތުގަ. އެހެން ނަމަވެސް ޙައްޖު ކޯޕަރޭޝަގެ މިއަދުގެ މެނޭޖްމަންޓުން އިރާދުކުރެއްވިއްޔާ، މި ކޯޕަރޭޝަން ދިވެހި ރައްޔިތުންނަށް ފާގަތި ހިޔާވަހިކަމަކަށް ގެންދިޔުމަށް އެދަނީ ވަރަށް ވަރުގަދަ މަސެއްކަތްތަކެއް ކުރަމުން. އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް މި މަސެއްކަތްތައް ކާމިޔާބު ކަމާ އެކުގައި ފަހިވާނެކަމަށް އިންސާ ﷲ. 

އަޅުގަނޑުގެ ވާހަކަ ދިގު ކުރާކަށް ނެތިން، ތިޔަބޭފުޅުންގެ މި ދަތުރު އިންޝާﷲ ކާމިޔާބު މާތް ﷲ މިންވަރު ކުރައްވާށި. މައްކާގެ ބިމުގަ އިންޝާﷲ ތިޔަބޭފުޅުންނާ އަދި އަޅުގަނޑާ ބައްދަލުވާނެ. މި ޙައްޖު ކޯޕަރޭޝަންގެ ތެރޭގަ މިއަދު ތިޔަބޭފުޅުންނާ އެކުގަ އިސްލާމީ ޢިލްމުވެރިންގެ ވަރަށް ރަނގަޅު ޓީމެއް ހަރަކާތްތެރިވާނެ. ޑރ. އާދަމް ޝަހީމް، ފަޟީލަތުއް ޝެއިޚް ޠައްޔިބު އަދި މިނޫންވެސް ޝެއިޚް މުތީން އިސްމާއީލް. ވަރަށް ރަނގަޅު ޓީމެއް. މިވަގުތު ރާއްޖެއިން ލިބެންއޮތް އެންމެ ރަނގަޅު އެއް ޓީމު ތިޔަބޭފުޅުންގެ މި ދަތުރުގަ އިރާދުކުރެއްވިއްޔާމު ދީނީ ގޮތުން ތިޔަބޭފުޅުންނަށް އިރުޝާދު ދެއްވުމަށް ބައިވެރިވެވަޑައިގަންނަވާނެ. އިރާދުކުރެއްވިއްޔާމު އެއްވެސް ދަތިކަމެއް ނެތި މި ދަތުރު ތިޔަބޭފުޅުންނަށް ފުރިހަމަ ކޮށް ތިޔަބޭފުޅުން އެނބުރި ރާއްޖެ އައުމުގެ ތައުފީޤު މާތް ﷲ އަޅުގަނޑުމެން އެންމެނަށް މިންވަރު ކުރައްވާށި. އާމީން.

މިއަދު އޮންލައިން