ހައްޖަށް ދިއުމުމުގެ އިންތިޒާމްތައް މިއަހަރު ވަރަށް ފުރިހަމަ: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހައްޖަށް ދިއުމުމުގެ އިންތިޒާމްތައް މިއަހަރު ވަރަށް ފުރިހަމަ: ޑރ. ޝަހީމް

ހައްޖަށް ދިއުމުމުގެ އިންތިޒާމްތައް މިއަހަރު ވަރަށް ފުރިހަމަ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޙައްޖަށް މިއަހަރު ފުރާ 3 ވަނަ ގްރޫޕް ފުރުވުމަށް އެއާރޕޯޓަށް ވަޑައިގެން ދައުލަތުގެ މީޑިއާއާއި ހިއްސާކުރައްވަމުން ޑރ.ޝަހީމް ވިދާޅުވީ ޙައްޖުގެ އިންތިޒާމްތައް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ވަރަށް ފުރިހަމަ ކަމަށާއި މިހާތަނަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ފަޤީރުންގެ ލިސްޓުން މިއަހަރު އަލަށް ޙައްޖަށް ފޮނުވި 50 މީހުންނާ ގުޅިގެން ނަފްރަތު އުފެދޭ ގޮތައް ވާހަކަ ދެކެވެމުންދާކަމަށެވެ. އެގޮތުން މިމީހުން ޙައްޖަށް ފޮނުވަނީ ޒަކާތުގެ ފައިސާއިން ކަމަށާއި ޙައްޖު ވާޖިބު ނުވާ ބަޔަކަށް ކިއު ސިސްޓަމްގެ ތެރެއިން ނާޖާއިޒު ގޮތުގައި ޖާގަތަ ދިންކަމަށް ބުނެ އަޑު ފަތުރަމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ހިތާމަވެރި ކަމެކޭ އެފަދަ އެއްވެސް ކަމެއް މީގައި ނުހިނގައޭ. ޒަކާތުގެ ފައިސާއިން ފަޤީރުންނަށް ޙައްޖަށް ﷲގެ މަގުގައި ހޭދަ ކުރެވޭ ކަމެއްގެގޮތުގައި އޭގެ ޒާތުގައި ޝަރުއީ ގޮތުން މައްސަލައެއް އޮތްކަމެއްނޫން ދައުލަތުގެ ފަރާތުން އެކަން އެގޮތަށް ކުރުން. އަޅުގަނޑުމެން ސަރުކާރުން މިކުރިއަށް ގެންދަނީ ދައުލަތުގެ ޚަރަދުގައި. އެހެން އެއްވެސް ފަންޑަކުން ފައިސާ ނަގައިގެން ކުރާ ކަމެއް ނޫން. ސީދާ ދަައުލަތުގެ ޚަރަދުގައި" އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން