ޙައްޖަށް ފޮނުވާނެ ފަޤީރުން ނަގާފައިވަނީ ކުރީ ސަރުކާރުން އެކުލަވާލި ފަޤީރުންގެ ދަފްތަރުން-: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޙައްޖަށް ފޮނުވާނެ ފަޤީރުން ނަގާފައިވަނީ ކުރީ ސަރުކާރުން އެކުލަވާލި ފަޤީރުންގެ ދަފްތަރުން-: ޑރ. ޝަހީމް

މިއަހަރު ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވި 50 މީހުން ނަގާފައިވަނީ ކޮވިޑާއި ގުޅިގެން އެދުވަސްވަރު އެއިރުގެ ސަރުކާރުން އެކުލަވލާފައިވާ ފަޤީރުންގެ ދަފްތަރުންކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީމް މިއަދު ވިދާޅުވީ މިހާރުގެ ސަރުކާރުން ފަޤީރުންގެ ލިސްޓުގައި އަދި މިހާތަނަށް އެންމެ މީހަކުވެސް ހިމަނާފައި ނުވާނެ ކަމަށެވެ. "ކޮވިޑާއި ގުޅިގެން އެއިރު އެކުލަވާލި ފަޤީރުންގެ ދަފްތަރު ކުރީގެ ސަރުކާރުން އަލުން ދިރާސާކޮށްފައެއް ނުވޭ. ދިރިއުޅުމުގެ ޙާލަތަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން ލިސްޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން މިގެންދަނީ ދިރާސާކުރަމުން." 

ގިނަ ބައަކު ފާހަގަކުރާ ގޮތުގައި ފަޤީރުން ކަމަށް ކަނޑައަޅާ މިންގަނޑަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. އެއީ ކުއްޔާއި ޚިދުމަތުގެ އަގުތައް ބޮޑުވެ ދިރިއުޅުމުގެ ޙާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީއެވެ.

މިއަދު އޮންލައިން