ޙައްޖު ދުވަހާއި ޢީދު ދުވަހުގެ އިތުރުން މިމަހުގެ 19 އަދި 20 ގައި ސްޕްޝަލިސްޓް އޯޕީޑީގެ ޚިދުމަތް ބަންދުވާނެ: އައިޖީއެމްއެޗް

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ޙައްޖު ދުވަހާއި ޢީދު ދުވަހުގެ އިތުރުން މިމަހުގެ 19 އަދި 20 ގައި ސްޕްޝަލިސްޓް އޯޕީޑީގެ ޚިދުމަތް ބަންދުވާނެ: އައިޖީއެމްއެޗް

1445 އަހަރުގެ ޙައްޖު ދުވަހާއި ޢީދު ދުވަހުގެ އިތުރުން މިމަހުގެ 19 އަދި 20 ވަނަ ދުވަހު، ޚާއްސަ ޑޮކްޓަރުންގެ އޯޕީޑީގެ ޚިދުމަތްތައް ބަންދުވާނެކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އީދު ބަންދުގައި އައިޖީއެމްއެޗުގެ ސްޕެޝަލިސް އޯޕީޑީގެ ޚިދުމަތް 17، 18 އަދި 22 ވަނަ ދުވަހު ލިބޭނެ ކަމަށާއި، އެ ދުވަސްތަކުގައި އާއްމު އުސޫލުން ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ޚިދުމަތްތައްވެސް ލިބޭނޭނެކަމަށް ވެސް އައިޖީއެމްއެޗް އިން ވަނީ ހާމަކުރައްވާފައެވެ.

މިބަދަލުތަށް ގެނައިނަމަވެސް، އިމަޖެންސީ ޚިދުމަތްތަކާ އިން ޕޭޝަންޓް ޚިދުމަތްތައް ހުރިހާ ދުވަހެއްގައިވެސް ލިބޭނެ ކަމަށާއި ހުމާ ރޯގާއާއި އާއްމު ބަލިތަކާއި ގުޅިގެން، އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތްވެސް ކޮންމެ ދުވަހަކުވެސް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވިއެވެ.

މިއަދު އޮންލައިން