އެކަމެއް ނުކުރާނެ ނަމަ ހުވާނުކުރާށެވެ! ލޯބިވެރިއަކަށްނަމަވެސް ބައިވެރިޔާއަށް ނަމަވެސް ހުވާކޮށްފައި ކުރިހުވާ އުވާލުމަކީ ކައްފާރާ ދޭން ޖެހޭ ނުރައްކާތެރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެކަމެއް ނުކުރާނެ ނަމަ ހުވާނުކުރާށެވެ! ލޯބިވެރިއަކަށްނަމަވެސް ބައިވެރިޔާއަށް ނަމަވެސް ހުވާކޮށްފައި ކުރިހުވާ އުވާލުމަކީ ކައްފާރާ ދޭން ޖެހޭ ނުރައްކާތެރި ކަމެއް!

ބައެއް މީހުން ވަރަށް އާދައިގެ ކަންކަމުގައިވެސް ހުވާ ކުރެއެވެ. ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ރުއްސައިލަން ވެސް ކޮންމެވެސް ކަމެއް ކުރާނެކަމަށް ނުވަތަ ނުކުރާނެ ކަމަށް ހުވާކުރުމަށްފަހު އިސާހިތަކު ހުވާމަތިން ހަނދާން ނައްތައިލައެވެ.

"ހަމަ ހުވާ"، މިބުނަނީ "ﷲ ގަންދީ ހުވާކޮށްފަ " ކަމަށް ބުނެ އެފަހަރަކު ބުނަން ބޭނުންވާ ބަސްތައް ފަސޭހަކަމާއިއެކު ބުނެހަދައެވެ. މިފަދަ ހުވާތައް ކުރުމަށްފަހު ކުރި ހުވާ އުވާލުމަކީ އެއްވެސް ކަމަކަށްވެސް ނުހަދައެވެ.

"ހުވާކޮށްފިނަމަ ކުރި ހުވައާއި އެއްގޮތަށް ކަންތައް ކުރަން ޖެހޭނެއެވެ. ކުރި ހުވައާއި ޚިލާފްވެއްޖެނަމަ ކައްފާރާ ދޭންޖެހޭނެއެވެ. އެގޮތުން 10 މިސްކީނުންނަށް ކާންދިނުން ނުވަތަ އަންނައުއުނު ދިނުން ނުވަތަ އަޅަކު މިނިވަންކުރަން ޖެހޭނެއެވެ. މިއިން އެއްވެސް ކަމެއް ކުރެވެން ނެތް މީހާ 3 ދުވަހު ރޯދަހިފަން ޖެހޭނެއެވެ."

ލޯބިވެރިޔާ ގާތުގައި ނުވަތަ ބައިވެރިޔާ ގާތުގައި މިބުނިފަދައިން ހުވާތައް ކުރަނީ ދެމީހުން އެކަނި ތިބެ ކަމަށްވުމުން ހުވައާއި ޚިލާފްވުމުން ފަނޑިޔާރުގެއަށް ދިއަ ނަމަވެސް ޘާބިތު ނުކުރެވޭނެތީ ދުނިޔޭގައި ސަލާމަތްވެވިދާނެއެވެ. ނަމަވެސް އެމީހެއްގެ ފަތުގައި އެކަން ލިޔުއްވިގެންވެއެވެ. އަދި ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވެއެވެ. އެހެންކަމަށްވާއިރު ޤިޔާމަތް ދުވަހު ފިލަންދާނީ ކޮންތަނަކަށް ހެއްޔެވެ؟ ދޮގުހަދާއިރަށް ތިބާގެ ދޫ އެކަމަށް ހެކިދޭނެއެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް ބިރުވެތިވާންޖެހޭނެ ކަންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން