ހެޔޮ ނަޞޭޙަތް ޤަބޫލުނުކުރާ ބައިވެރިއަކާއެކު އުޅުމަކީ މޮޔަވެދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހެޔޮ ނަޞޭޙަތް ޤަބޫލުނުކުރާ ބައިވެރިއަކާއެކު އުޅުމަކީ މޮޔަވެދާނެ ކަމެއް!

ކުށެއް ނުވަތަ ނުރަނގަޅު ކަމެއް ކުރެވުމަކީ އެހައި ބޮޑު މައްސަލައެއް ނޫނެވެ. ކޮންމެ އިންސާނަކަށްވެސް އެފަދަ ކަމެއް މުރެވިދާނެތީއެވެ. ތެދަށް ބުނާނަމަ ކުށެއް ނުކުރެވޭ، އަދި ހުރިހާ ކަންކަން ރަނގަޅަށް ކުރެވޭ މީހަކުވެސް ނުހުންނާނެއެވެ.  

މައްސަލައަކަށްވަނީ ހެޔޮ ނަޞޭޙަތް ޤަބޫލުނުކުރުމެވެ. އިޞްލާޙްވާން ބޭނުންނުވުމެވެ. ތިމާއަށް ކުރެވޭ ކުށް ޤަބޫލުނުކުރެވުމެވެ. ތިމާ އުޅެމުން އަންނަ ގޮތް ބަދަލުކުރަން ބޭނުންނުވުމެވެ.  

އިސްލާމް ދީނަށް ބަލާށެވެ! އަބާއްޖަވބެރިންނަކީ ފާފަކުރެވޭ މީހުންނެއް ނޫނެވެ. ފާފަކުރެވުމުން ކުށް ޤަބޫލުކޮށް ތައުބާނުވާ މީހުންނެވެ. ތައުބާވުމުން ﷲ ތަޢާލާ ފާފަތައް ފުއްސަވައި ދެއްވަވައެވެ. ރަނގަޅު މަގުން ކުރިއަށްދާން މަސައްކަތްކުރީމާ ތެދުމަގު ދައްކަވަތެވެ.  

އަމިއްލަ ދިރިއުލުމުގައިވެސް ޢަމަލުކުރަން އޮތީ ހަމައެގޮތަށެވެ. ތިމާއަށް ކުރެވޭ ކަމަކާއި ގުޅިގެން އެކަން ފާހަގަކޮށް ހެޔޮ ނަޞޭޙަތްދިނުމުން ނުވަތަ ރަނގަޅު ގޮތް ބުނެދިނުމުން އެކަން ޤަބޫލުކުރަންވާނެއެވެ. އެންމެ ފުރިހަމަ އެކަކުވެސް ނުހުންނާނެކަމާއި ތިމާގެ ކިބައިގައިވެސް އުނިކަން ހުންނާނެކަން ޤަބޫލުކުރަންވާނެއެވެ.  

މިބުނި މަގުން ކަންކަން ޤަބޫލުކޮށް އިޞްލާޙްވާން މަސައްކަތްނުކުރާ ބައިވެރިއަކާއިއެކު ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކެތްކުރެވޭނީ ވަކިވަރަކަށެވެ. ވަކިހިސާބަކުން ހަށިފޮޅާލަން މަޖުބޫރުވާނެއެވެ. ނޫންނަމަ އެކަމަށް ވިސްނަމުން ގޮސް ދުނިޔެއިން މޮޔަވެސްވެދާނެއެވެ. ކެތްތެރިވާން މަސައްކަތްކުރަންވީ ކުށް ޤަބޫލުކޮށް އިޞްލާޙްވާން މަސައްކަތްކުރާނަމައެވެ. ނޫންނަމަ ވަޤުތު ބޭކާރުކުރުމެއް ނެތެވެ.

މިވާހަކަކޮޅު މިބުނީ އަންހެނުންނަށާއި ފިރިހެނުންނަށެވެ. ވަކިމީހަކަށް ނޫނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން