މިފެށުނު ކޯލިޝަންގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ހުވާ ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އެވެ.
މަޖިލިސް މެމްބަރުކަމުން މަހުލޫފް އިސްތިއުފާ ދެއްވާފައިވާއިރު، މިފެށުނު އައު ސަރުކާރުގެ ޔޫތު މިނިސްޓަރުކަމުން އޭނާއަށް ދެއްވުމަށް ހަމަޖެހިފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި ހަމަ އެފަދައިން އާސަރުކާރުގެ ވަޒީރުކަން މާރިޔާ އަށް ދިނުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެބިނެޓަށް ވަޒީރުން އައްޔަނު ކުރަން ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.
Rayyithunge Majileehuge Galolhu Dhekunu dhaairaage membarukamun alhugandu isthiufaa dheefin.
— Ahmed Mahloof (@AhmedMahloof) November 17, 2018
2009 vana aharun feshigen Galolhu Dhekunuge rayyithun alhugandah kurevvi ithubaaraa, dhevvi thaaeedhaai loaehbah ikhlaastherikamaaeku shukuru dhannavan. pic.twitter.com/YxHVvO2xnt