ޑޮކްޓަރަށް ދެއްކޭނެ ދުވަސް ކަށަވަރުވާގޮތަށް އައިޖީއެމްއެޗުން އެޕޮއިންޓްމަންޓް ނިޒާމު ހަރުދާނާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޑޮކްޓަރަށް ދެއްކޭނެ ދުވަސް ކަށަވަރުވާގޮތަށް އައިޖީއެމްއެޗުން އެޕޮއިންޓްމަންޓް ނިޒާމު ހަރުދާނާކުރަނީ

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ބައެއް ޚިދުމަތްތަކެއް ލިބިގަތުމަށް އާންމުންނަށް ގިނަ ގޮންޖެހުންތަކާ ދިމާވާ ކަމަށާއި މިކަންކަމަށް ހައްލެއްހޯދުމަށް އައިޖީއެމްއެޗްއިން މިހާރު ދަނީ އެޕޮއިންޓްމަންޓް ނިޒާމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ޑރ. ޝާހު މާހިރު ވިދާޅުވީ އައު އެޕޮއިންޓްމަންޓް ސިސްޓަމަކަށް ދިޔުމުން ވެއިޓިންގ ލިސްޓް ތާރީޚުތަކަކަށް ބަހާލާނެ ކަމަށާއި އޭރުން ކޮންމެ މީހަކަށްވެސް އެމީހަކު ޑޮކްޓަރަށް ދެއްކޭނެ ދުވަސް ސާފުވެ، އެޕޮއިންޓްމަންޓް ހަމަޖެހުނު ދުވަސް ދުރާލާ އެނގިގެންދާނެ ކަމަށެވެ.

"އެ ވެއިޓިންގ ލިސްޓުގެ ތެރެއިން ވެސް އެމަރޖެންސީކަމެއް މެދުވެރިވެއްޖެނަމަ، އިމަރޖެންސީ ޓްރައޭޖް ސިސްޓަމްގެ ތެރެއިން އަވަހަށް ޑޮކްޓަރަށް ދެއްކޭނެ ނިޒާމު ހަމަޖެހިގެންދާނެ. އެޕޮއިންޓްމަންޓް ސިސްޓަމަކަށް ދާ ހިސާބުން ޑޮކްޓަރަށް ދެއްކޭނެ ދުވަސް ކަށަވަރުވެގެންދާނެ" ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.

އައު އެޕޮއިންޓްމަންޓް ސިސްޓަމުގެ ސަބަބުން ރަށްތަކުން މާލޭ ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ޖީބުން ކުރާ ޚަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށްވެސް ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.

މިއަދު އޮންލައިން